Wednesday, 19 June 2024
ރައީސް މުޢިއްޒުއާއި އިންޑިޔާގެ ބޮޑު ވަޒީރު މޯދީ، ފައިލް ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މާރިޗު 15 ގެ ކުރިން ފޭބުމަށް ސަރުކާރުން އަންގަވައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންނަ މާރިޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން މިރާއްޖެއިން ފޭބުމަށް ދިވެހި ސަރުކާރުން އަންގަވައިފިއެވެ.

މިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުން މިކަން ހާމަކުރައްވާފައިވަނީ މިއަދު ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމުންތަކާ ގުޅޭ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރައްވަމުންނެވެ. ނާޡިމް ވިދާޅުވީ ރާއްޖޭގައިތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާ ގުޅޭ، އެންމެފަހުގެ މަޢުލޫމާތު ކެބިނެޓާ ޙިއްސާކުރައްވާފައިވާކަމަށެވެ. އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންވި ފުރަމަތަ ދުވަހުންފެށިގެން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތއް ފަށްޓަވައިގެން ކުރައްވަމުން އަންނަކަން ނާޒިމް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން 15 މާރިޗުގެ ކުރިން ބާލައި ނިންމުމަށް ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރަށް އަންގަވާފައިވަނީ މިއަދު ބޭއްވި ބައްދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ކަރުދާހުގައެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އިންޑިއާގެ ސަފީރާއި ޖޮއިންޓު ސެކްރެޓަރީގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސްބައެއް ބޭފުޅުން ބައިވެރިވެއެވެ. ރާއްޖޭގެފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ރައީސް އޮފީހުގެ އިސްބޭފުޅުންނާއި ޚާރިޖީ ވުޒާރާގެ އިސްވެރިންނެވެ.

ދެޤައުމުގެ ދެމެދުގައި މިމައްސަލާގައި މިހާތަނަށް 12 ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު