Thursday, 20 June 2024

ރައީސްގެ ދަތުރުފުޅަށްފަހު، މާލޭ ސިޓީއާއި ޗައިނާގެ ފޫޒޯ ސިޓީއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ޚާއްޞަ ފެށުމެއް!

މާލޭ ސިޓީއާއި ޗައިނާގެ ފޫޒޯ ސިޓީއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ގޮތުން، މާލޭ ސިޓީ އާއި ފޫޒޯ ސިޓީއާ ދެމެދު "ލެޓަރ އޮފް އިންޓެންޓް" އެއް ގައި ސޮއިކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުއްވި ބަޔާނުގައި ވިދާޅުވި ގޮތުގައި، މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިމަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ފޫޒޯ ސިޓީގެ އިސްވެރިންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހު ހަމަޖެހިގެންދިޔަ ކަމެކެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުއްވި ބަޔާނުގައި ވާގޮތުން، މާލޭ ސިޓީއާއި ފޫޒޯ ސިޓީއާ ދެމެދު ފްރެންޑްލީ ސިޓީ ގުޅުން ޤާއިމްކުރުމުގެ މަސައްކަތްތައް ފެށުމުގެ ގޮތުން "ލެޓަރ އޮފް އިންޓެންޓް" ގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަލްފާޟިލް އަޙްމަދު ނަރީޝް އެވެ.

މާލޭ ސިޓީއާއި ފުޒޯ ސިޓީއާ ދެމެދު މިފަދަ ގުޅުމެއް ޤާއިމުކުރުމުން ދެ ސިޓީ ދެމެދު ތަފާތު ދާއިރާތަކުން ގުޅުން އިތުރުކުރުމަށް މަގުފަހިވެގެން ދާނެ ކަމަށާއި، އިގްތިސާދީ ދާއިރާއިންނާއި، ތަޢުލީމާއި ސިއްޙަތު ދާއިރާއިން، ކުޅިވަރާއި ފަތުރުވެރިކަމުގެ ދާއިރާއިން އަދި ސައިންސާއި ޓެކްނޮލޮޖީގެ އިތުރުން ސަޤާފީ ދާއިރާއިން ގުޅުން އިތުރުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

 

މާލޭ ސިޓީ ކައުންސިލުން ނެރުއްވި ބަޔާނުގައި ވިދާޅުވި ގޮތުގައި، މީގެ ކުރިންވެސް، މާލޭ ސިޓީއާއި ސޫޒޯ ސިޓީއާ ދެމެދު 2016 ވަނަ އަހަރު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ. އަދި މިގުޅުމުގެ ސަބަބުން ދެ ސިޓީދެމެދު އިޤްތިޞާދީ ގޮތުން ގުޅުން އިތުރުވެގެން ދިޔައެވެ. މިގޮތުން ކޮވިޑް-19 ގެ ދުވަސްވަރު ސޫޒޯ ސިޓީގެ ފަރާތުން ވަނީ ރާއްޖެއަށް މެޑިކަލް އިކުއިޕްމަންޓް ހަދިޔާކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު