މަނަދޫ އަޒީގެ ވާހަކަ ޅެން: އެމަހާނަ (ނުވަވަނަ ބައި)

ލައްކަގިނަ ވާހަކަތަކެއްހުރެ ޝާޒްލީ ދައްކާލިޔޭ
ދަންނަކަން އަހަރެން ކުރިންވެސް އެނގުނެދިޔަ ވާހަކަތަކުން
އެއްދުވަހު މޫދަށް ގެނބުނު ކުއްޖަކު ސަލާމަތްކޮށްދިނުން
އެންމެއޭނަ ގަޔާވި ފެނުނުކަމޭ އެއީ އަހަރެންފުށުން
އެދުހު ކަން ހިނގި ގޮތް ބެލީމޭ ބުނެލިޔޭ ކައިރިންވަރަށް
އެދުވަހަށްފަހު އަޙްމަދަށް ދެވުނޭ ޤަދަރު އަހަރެން ހިތުން
އޭގެފަހުގައި ޙައްޤުޝުކުރު އަދާކުރުންއެދި އަޙްމަދަށް
ހޭދަކޮށްފީމޭ ދެ ހަފުތާ ހިތްއެދޭލެއް ބޮޑުކަމުން
ތިޔަ ސަލާމަތް ކޮށްދިނީ އެތަކެއް ބައެއްގެ ފުރާނަޔޭ
ތިޔަކަމަށް އެކަށޭނަ ޝުކުރު އަދާކުރާނީ ކިހިނަކުން
ހިތުގެ އިޚްލާޞްތެރިކަމާއެކު ހަމައެކަނި ބުނެލަންއޮތީ
ހިތުގެ ޢުމްޤުން ޝުކުރިޔާއޭ އަޙްމަދަށް ހަމަ ފަށްފަށުން
ހޭދަކުރިދިގު އިންތިޒާރީ ނިމުމަކަށް އަތުވެއްޖެޔޭ
ނޭނގިތިބެނަމަވެސް މިރޭ މިގޮތަށް މިހެން ބައްދަލުވުމުން
ޝާޒްލީވާހަކަތަކުން ލިބިގެންއެދިޔަގަދަ ހިތްވަރުން
އާވެގެން އުންމީދު ދިޔައޭ ހިތްއެކީ ފުރި އުތުރެމުން
ދެހިތުގައިވާހައި ޝުޢޫރެއް އެތަނުގައި ބަންޑުންކުރީ
ދެހިތުގައި "ލޯތްބޭކިޔާ" ރަންދެއްޔަކުން ކުލަޖައްސަމުން
ވަކިވަކިން ހުރިހައިކަމެއް ރާވައިމުޅިން ނިމުމަށްފަހުން
ވަކިވެގެންދިޔައީ ވަރަށް ހިތްގައިމު ރީތި ސަލާމަކުން

* ނުނިމޭ…
6 މެއި 2024
* عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *