ދެހަފުތާގެ ތެރޭ އެރޭގައި ކުރެހި ޗާޓާއެއްގޮތަށް
ދެވަރުނުވެ ހުރިހައި ކަމެއްވެސް ނިމިއައޭ ތަރުތީބަކުން
ހައިބަތާ ޢިއްޒަތުގެ ފުރިހަމަ "ތާޖްމަހަލެއްފަދަ" ވިދާ
ކައިވެނީ ޙަފްލާއައޭ ފުރިހަމަވެގެން އުސްއަލިތަކުން
މޫނުތައް ހިނިތުންވެލާ ދެފަރާތުގައިވާ ޢާއިލާ
ހޫނު ތަރުޙީބެއް ދިނޭ ރުހުމާއެޚި ބައިވެރިވަމުން
** ** ** ** ** ** **
އަލަތު ލޯތްބާއެކު އަލަށް ފެއްޓުނު އުފާވެރި ދަތުރުގައި
މަލަކު ވަސްދޭ ޝާޒްލީ ދިޔައޭ އެކީ ހިއްސާވަމުން
ޢާއިލާ ދެފަރާތުގައިވާ ދޭ ސަޕޯޓާ އެކުވެގެން
ދާއިރާ ތަނަވަސްވިޔޭ ދިރިއުޅުމުގައި އެކިގޮތްގޮތުން
ކުލުނުވެރި އޯގާތެރިވި އުނގަކުންލިބޭ ފިރުމުންތަކުން
އުލްފަތުގެ ގުލްޒާރުގައި މާތައް އައޭފޮޅި ފަރިވަމުން
ރޭދުވާތައް އޭގެފުރިހަމަކަންމަތީ ގުނެމުންދެޔޭ
ހޭދަވާހައި ވަގުތު ދެހިތަށް ހާއުފާވެރިކަން ދެމުން
އެންމެފުރިހަމަ ރައުނަޤުން ފަރިކޮށްލި ރީތި ތަބައްސުމުން
އެންމެފޮނި ޖަޒްބާތުތައް ދެހިތުންއަޔޭ ބަންޑުންވަމުން
ލޯބި އޭގެ މަގާމުގައިއޮވެ އޭގެ ފުރިހަމަ ޒާތުގައި
ދޯދިހެން އިރު ހިނދުހިނދުން ހުރެ އާދެޔޭ ކުލަގަދަވަމުން
* ނުނިމޭ….
7 މެއި 2924
* عبدالعزيز قاسم
ލިލީ ނ.މަނަދޫ


