މަނަދޫ އަޒީގެ ވާހަކަ ޅެން: އެމަހާނަ (އެގާރަވަނަ ބައި)

އެންމެ ފުރިހަމަކަން ޙަޔާތަށް ވެރިވަމުންއައި ވަގުތުގައި
އެންމެ އަލިކަމުގައި ވިދާ ތަރިޔެއް އަރައިފިޔެ އުދަރެހުން
ފަންނުވެރި ކުޅަދާނަ އަދި ހުޝިޔާރުކަންހުރި ޝާޒްލީ
މަންމައެއްގެ މަޤާމުގައި ހިންދެމިލިޔޭ އުފަލުން ހެމުން
ހީވިޔޭ ހަތް ހަނދުއަރައި މުޅިޖައްވު ހުޅުދާންކޮށްލިހެން
ޒީނަތުގެ ދަރުބާރަކަށް ގޭތެރެވެގެންގޮސްފައި ވުމުން
ރޫޙު ދިރިދާ ފަދަ އުޖާލާ ވިދުވަރެއްހެން ސޫރަވާ
މޫނުތައް ތާޒާވެ ފޮޅުނޭ ލިބިމިއައިބޮޑު އުފަލަކުން
ހޭލަމޭލަވެ ގޭތެރޭ މީހުންގެ ޙަރަކާތްތައް ހުރީ
އޭގެ ސަބަބާ ސިއްރު ބުނެދޭންވެސް ނުކުޅެދޭ ފެންވަރުން
އައިބަހާރުގެ މޫސުމުން ގެނުވައިމިދިން ހިތްގައިމުކަން
ހައިބަތާއެކުގައި އަޔޭ ހިތްތައްއެކީ ބަންޑުންވަމުން
އެންމެނަަށް ލިބިގެންމިއައި ޢީދުގެ އުފާކުރަމުން ދަނީ
އެންމެހައި ހިތްތަކުގެ ލޯތްބާއެކު އެކީ އެއްރޫޙަކުން
ބައްޕައެއްގެ މަޤާމުލިބުމާއެކު މަށަަށް ލިބި ދިޔައުފާ
ދައްކުވައި ނުދެވޭނެޔޭ ލިޔެގެންމިހެން ކަރުދާހަކުން
ޙަމްދުކޮށް ޝުކުރާ ސަނާއިން ޙަޟްރަތައް ކުއްތަންވަމުން
ކަމުގެބުރަ އުފުލަންހުރީމޭ ކެރިނިކަން ރުހިގެން ހިތުން
އަދި ޙަޔާތުގެ ދަތުރުކިޔާ މިފެށުނީކަމުގައި ބަލައި
އަދި އިތުރު ފާގަތިކަމަށް ފޯކަސްކުރީމޭ ކުރިމަގުން

* ނުނިމޭ….
8 މެއި 2024
* عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *