ރޭދުވާ ހަފުތާތަކަށް ހަފުތާ މަހަށް އަހަރަށްވެގެން
ހޭދަކުރަމުން ހުރެދެޔޭ ދުނިޔޭގެ ސާފު ކަލަންޑަރުން
ވަކިވަމުން ހަސްތީތެރޭން ކަންތައްތަކެއް ހުރެގެންދެޔޭ
އެކިދުދުވަހު އެކިގޮތްގޮގޮތަށް އެކިކަހަލަ ކުލަތައް ދައްކަމުން
ޙާލަތާ ވަގުތާ ޒަމާނާ އޭގެ ޠަބަޢީ ޒާތުގައި
އާދަކާދަމަތީން ދެޔޭ ދުނިޔޭގެ ހަމަތައް ބުނެދެމުން
** ** ** ** ** ** ** ** ** **
ދެވަނަ ތިންވަނަ ދަރިފުޅާވެސް ޢާއިލާ ބައްދަލުކުރީ
ދެވަނައެއްނެތްފަދަ ގޮތެއްގައި ހޫނު ތަރްޙީބެއް ދެމުން
ގޭގެ މާޙައުލުން އުފާވެރިކަން އުތުރިއަރަމުން ދެޔޭ
ގޭގެ ކުދިބޮޑު އެންމެނަށް އައިސްފައިމިވާ ބޮޑު ޢީދަކުން
ރައްޓެހީން ރަޙްމަތްތެރީން އަބަދާއަބަދު ގޮސްއައިސްވެޔޭ
ލައްކަގިނަ ހަދިޔާތަކާ ހެޔޮބަސްތަކުން ކުރަމުން ވެދުން
މިއަދު ގޭތެރެއަށް އުޖާލާކަން ގެނެސްދީފައި ވަނީ
މިއަދު ފެނިފެނިހުންނަ ތިންބައްތީގެ އަލިއަލި ހުޅުކޮޅުން
ދެންއައީ މާމުއިގެ ދައުރޭ އެންމެތާޒާކަންމަތީ
ދެންނެވުން ބޭނުންނުވާފަދަ ހިތްއުފާކުރުވައިދެމުން
ހާއުފާވެރިކަމުގެ ގުލްޝަން ފަރިވަމުން އައިއިރު މިހެން
މާތަކުން ކުލަރީތިވީހައި އާދެޔޭވަސް ފެތުރެމުން
* ނުނިމޭ…
9 މެއި 2024
* عبدالعزيز قاسم
ލިލީ ނ.މަނަދޫ


