މަނަދޫ އަޒީގެ ޅެންހާރު: ފަހެ ކިހިނަކުން

ކުޑަކުދިންދުވަހަށް ކިޔޭނީ މަރްޙަބާ ފަހެ ކިހިނަކުން
ކުޑަކުދިން ޣައްޒާގެ މަރަމުން އެހެރަދާއި ޘާލިމުން
ރަޙްމުނެތް އަނިޔާތަކުން ދާއިރު ޝިކާރަވެ ކުޑަކުދިން
ރަޙްމުހުރި އެއްވެސް ހިތެއް އެބަވޭތަ؟ ފެންނަން ޤައުމަކުން
ކާނެއެއްޗެއް ބޯނެއެއްޗެއް ކީއްތަ! ފަރުވާއެއްނުދީ
ޙާލުގައިޖައްސައި ފަނާކޮށްލުންއޮތީ ކޮން ޙައްޤަކުން
މަރުވެގެން އެތަކެއްސަތޭކަ ކުދިން އެދާއިރު ލޯމަތީ
ވަރުވަރުގެ މަޖިލީސްތަކުން ނޫނީކޮބާ؟ ކުށްވެރިކުރުން
ކުޑަކުދިން ޙައްޤޭކިޔާ އަޑު އުފުލަމުން ދާއިރު މަމެން
ކުޑަވިޔަސް ލަދުވެތިކަމެއް ނުވަނީތަ؟ އިންސާނީގޮތުން
ހާއުފާވެރިކަންގެނެސްދޭން ކުޑަކުދިންނަށް ގޮވިޔަކަސް
ހާއުފާވެރިކަންލިބޭނެ ގޮތެއް އެބޮތްތަ؟ ބަލައިލުމުން
ދުނިޔެއަށް ދައްކަން މިހެން ދުވަހެއްގެނެސް ހުޅުވާލިއިރު
ޔުނިސެފަށް ކުރެވުނުކަމެއް އެބައޮތްތަ؟ ފެންނަން ހަމަލޮލުން
މިއަދުމީ ޣައްޒާގެ ތުއްތުކުދިންގެ މަތިވެރި ޙައްޤުގައި
މިއަދު އަޑުއުފުލާންވިދުވަހެއްނޫންތަ؟ ހުރިހައި މުސްލިމުން

10 މެއި 2924
* عبدالعزيز قاسم
ލިލީ ނ.މަނަދޫ

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *