މަންމަ މަރުވެއްޖޭ.،. މިއަޑު އިވުމާއެކީގައި ކަންފަތަށް
ތަންއެހުރެވުނު ނޭނގުނޭ ސިހިގެންމަގޭދިޔަ ބޮޑުކަމުން
ހީވިޔޭ ބިންގަނޑު ދެފައިގެދަށުން މަގޭ ދެމިގެންފިހެން
ހީވިޔޭ މުޅިދުނިޔެދާހެން ކުރިމަތީގައި އެނބުރެމުން
ފައިގެވާގި ނެތިވެ މުޅީންގޮސް ހުރިތަނަށް ތިރިވެއްޖެޔޭ
ގައިގެވަރު ނެތުމާއެކީ މީހާގެބާރެއް ނެތްކަމުން
މޫނުމައްޗަށް އަނދިރިވާންފެށިޔޭ އެތަންވަޅުގައި މަގޭ
ތޫނު ފުންޒަޚަމެއް ހިތަށްލިބުމާއެކީ ކުރި އަސަރަކުން
އެންމެ ފުރަތަމައިން އެވާހަކަ ތެދުކުރަންވެސް ދަތިވިޔޭ
ދެންމެގޭގައި ހީލަހީލާ އޭނަހުރިލެއް ނަލަކަމުން
ކުދިވެރީންނާއެކު ހަވީރު ބުރެއްޖަހާލަން ދާންވެގެން
ކުދިވެރީންނަށް ޚަބަރުދީ އުޅުނޭ ނުހަނު އެއްބައިވަމުން
ދެންމެއާހަމަޔަށް ނުލާހިކު ރީތިކޮށް ހުރި ޝާޒްލީ
ދެންއެހެން ދާނޭކަމަށް ހީވެސްކުރާނީ ކިހިނަކުން
ކަންމިއިއްޔޭ ހުރިގޮތީ ކަންތައްވަމުންހުރެ ދާގޮތީ
ދަންނަނީ ފަހެކާކުހޭ؟ މިކަމެއް މިތާނގައި ހެޔޮހިތުން
ބާރުދައްކާފައި މިތާ މަތިހަށިނަގާފައި މިއުޅެނީ
ދާނެގޮތަކާ އަދި އިރެއް ކާކަށްހެ؟ އެނގެނީ ކިހިނަކުން
ދާނެދުވަހެއް މާދުރެއްނޫނޭ އަހަރެމެންވެސް އެހެން
ދާދިގާތޭ މަންޒިލަށް މިތަނުން ދަތުރުނިންމާ ދިޔުން
މޮޅުއަމީރެއް އަދި ވަޒީރެއް މަހުޖަނެއްކަމުގައި ވިޔަސް
މޮޅުކަމެއް ނޯންނާނެޔޭ ހުރެ ވަގުތުއައިސް ކުޑަތަންވުމުން
* ނުނިމޭ.،..
13 މެއި 2024
* عبدالعزيز قاسم
ލިލީ ނ.މަނަދޫ


