ސިކުނޑިއޭގެ މަޤާމުގައި ރަނގަޅަށް މަސައްކަތްފެއްޓުމުން
ފިކުރުތައް އެކިކަންކަމަށް ހިންގަންފެަށިއްޖޭ މަޑުމަޑުން
އޭރުވެސް އުނދަގޫތަކެއް ހިތަށާ ސިކުނޑިޔަށް ވެރިވެޔޭ
ވޭނަކާއެކު ހިތުގެމައްޗަށް ބާރު ނުހިނގާފަދަގޮތުން
ހަމަހިމޭންކަން ވެރިވެފައިވާ ގޭތެރޭގައި މަޑުމަޑުން
ހަމަޖެހުންލިބުނީ މަށަށް އެތަކެއްބައެއްގެ އަޅައިލުމުން
ތިންކުދިން އަހަރެންގެކައިރީ އޭރުވެސް ތިބެގެން ރޮޔޭ
ތިންކުދިންގެ ހިތާއިނަފުސަށް ލިބިއެދާ ފުން އަސަރަކުން
ގޭގެބޭރާ އެތެރެޔާއެކު މީސްތަކުން ފުރިފައި ވެޔޭ
ލޭގެ ގުޅުމެއްނެތްކަމަކު މިހިތާމަޔާ ބައިވެރިވަމުން
ޝާޒްލީ މެންދުރުނަމާދުގެ ސަޖިދައެއްގައި އޮއްވަޔޭ
ޝާޒްލީގެ ފުރާނަ އުދުހިދިޔައި މި ދުނިޔޭ ޢާލަމުން
ތަންމިފެނިގެން ތިންކުދީން ރޯއަޑުއަހާފައި ގޭތެރޭން
ނަންކުރާގޭ ހައްވަޔޭ ފުރަތަމައީ ތަނަކަށް ދަމުން
ދެންޚަބަރު މުޅިރަށުތެރޭގައި ފެތުރިގެންދިޔުމާއެކީ
އެއްވި މީހުންނޭ މަށަށް ފެނުނީ ނަމާދުން އަންނަމުން
ކަންހިނގާދިޔަގޮތް މަށަށް އެނގުނީ އެ ހައްވަ ބުނީމަޔޭ
މަންމަމެންނަށްވެސް ޚަބަރުލިބުނީ މިބުނި ހައްވަގެ ފުށުން
ދެން ޖަނާޒާ އާއިގެން ކުރިޔަށް މަސައްކަތް ފެއްޓުނޭ
އެންމެހައި ކަންތައްތަކެއް ދީނުގެ އުޞޫލާ އެއްގޮތުން
ގާތްތިމާގެ އަހުލުއިޔާލުނާއި އެކުވެރި ރަށްޓެހީން
ގާތްކަމާއެކުގައި އެހީތެރިކަން ދިނޭއެކި ގޮތްގޮތުން
ދުވަހު ޢަޞްރުނަމާދުފަހުގައި ވަޅުލުމަށްފަހު ޝާޒްލީ
ދުވަހު އިރުއޮއްސިއްޖެޔޭ އެތަކެއްބަޔަކު ރޮއްވާލަމުުން
* ނުނިމޭ.،.
15 މެއި 2024
* عبدالعزيز قاسم
ލިލީ ނ.މަނަދޫ


