މަނަދޫ އަޒީގެ ޅެންހާރު: ނަޣްމާ ކިޔެމުންދާނޭ

* ރާގު: ޗުކްޅޭހެމެރޭ ދިލްކޯ..،
* ދިވެހި: ނޫޅޭށެމަށާ ދުރުގާ ގުލްޒާރުތެރޭ ލޯބިން…


އުފެދޭ ހިތު ލޯބީގައި ނަޣުމާ ކިޔެމުން ދާނޭ
އުފެދޭ އެކިޖަޒުބާތުން އުފަލުންފުރި ހިތްދާނޭ
އަދަދެއްނެތް ޞަލަވާތާ ނިމުމެއްނެތިވި ސަލާމުން
ބަދަލެއް ނުމެވާނޭހައި ވަސްމީރުވި އަޒުހާރުން
(ވަސްމީރުވި އަޒުހާރުން)
މަދަހާއި ސަނާ އަބަދަށް ތަކުރާރުވަމުންދާނޭ
މަމްދޫޙަށަ ކައުމާތްވީ ހަންހާރަވި ޒިކުރާތައް
ރަމްޒުން މަތިވެރުވީހައި ކުރެވޭ ގިނަ ތުޙްފާތައް
(ކުރެވޭ ގިނަ ތުޙްފާތައް)
ތަމުސީލުވެ ދުނިޔޭގައި އަބަދަށް ހިނގަމުންދާނޭ
ކައުވަންތަ ޙަބީބަށްމާތް ލޮބުވެތިވި ތަޙިއްޔާތާ
އައުދާނަ ޝަރަފުގައިވީ މަތިވެރިވި ކަރާމާތާ
(މަތިވެރިވި ކަރާމާތާ)
ތަޢުރީފު ތަހާނީޔާ އޮހެމުން އޮހެމުން ދާނޭ

26 މޭ 2024
* عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *