މަނަދޫ އަޒީގެ ޅެންހާރު: ޙަޤީޤަތަކީ މިއެއްނޫންތަ؟

ޔަހޫދީންނަށް ހެދޭނެގޮތެއް މިދުނިޔޭގައި ނެތެއްނޫންހޭ
ޔަހޫދީން ގޮންޖަހައިދާއިރު ދެކޭނެ ލޮލެއް ނެތެއްނޫންހޭ
މިތިބަ މަޢުޞޫމު ޅަދަރީންނަށް މިހެންހަދަމުންއެ ދާއިރުގައި
އެތިބަ ޢަރަބީން ހިތަށް އެއްވެސް ކުރާއަސަރެއް ނެތެއްނޫންހޭ
ނަސްލުނައްތާލުމަށް ހިންގާ މި އަނިޔާވެރިކަމާ ދެކޮޅަށް
ނަޞަރުދޭނޭބަޔަކު ދުނިޔޭގެ އުޑުދަށުގައި ނެތެއްނޫންހޭ
ހިތަށް ކެތްނުކުރެވޭ މިކަލަ އެތައް މަންޒަރުތަކެއް ފެނުމުން
ކިތަންމެ އަސަރުތަކެއް ކުރިޔަސް ކުރާނެކަމެއް ނެތެއްނޫންހޭ
ޖަރީމާތައް މިހިރަހިންގާ އެއަށް ޙައްދެއް ނެތިވެދާއިރު
ބަރީއަވުމަށް ފަލަސްޠީނަށް ވެވޭނެކަމެއް ނެތެއްނޫންހޭ
އެމެރިކާޔާއި އިނގިރޭސީންގެ ބާބާރުންބާރު ލިބި ތިބެގެން
ދެމުންދާ ހަމަލަތައް ހުއްޓޭނެފަދަ ބާރެއް ނެތެއްނޫންހޭ
ޢަރަބި ޖުއްބާތަކުގެ އެތެރޭ ފޮރުވިފައިވާ ޙަޤީޤަތްތައް
ޢަރަބިދުނިޔޭގެ މާޙައުލުން ނިކަންރަނގަޅަށް އެނގޭނޫންހޭ
ނުބައިކަން މިފަދަ ޙައްދެއްނެތި މިދުނިޔޭގައި ހިނގާއިރުގައި
ކޮބައިހޭ ބާރުތައް؟ މިސުވާލު ވެވެނީ ހިތް' ހިތާނޫންހޭ

28 މޭ 2024
* عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *