މަނަދޫ އަޒީގެ ޅެންހާރު: އަޅާޔާ ކާފިރުކަމާ ދެމެދުގައި ނަމާދުއަޅައިފުން މެނުވީ ނުވެއެވެ.

ނަމާދެއް ގަސްތުގައި ދޫކޮށްލުމީ ބިރުހުރި ކަމެއްނޫންހޭ
ޒަމާންތައް ވޭތުވީވަރަކަށް އެ ފާފަވަނީ ބޮޑެއްނޫންހޭ
ހިތަށް ފިނިކަންއެދޭނަމަ ދުނިޔެއިން މިލިބޭ ވަގުތުކޮޅުގައި
މިއަށްވުރެ އިސްކަމެއްދޭންވީކަމެއް ދުނިޔޭން ނެތެއްނޫހޭ
ފަލާޙާ ކާމިޔާބުގެ މަންޒިލަށް ދިއުމަށް އެދޭމީހާ
ސަލާމަތްކަންމަތީ ދިއުމަށް ކޮށޭމަގަކީ މިއެއްނޫންހޭ
ކިތަންމެ ތިމާގެ ނަންހުއްޓަސް އަރައި ދުނިޔޭގެ އުދަރެހުގައި
މިކަން ފުރިހަމަ ނުވާނަމައީ ލިބޭއުފަލެއް ނެތެއްނޫންހޭ
ޢަލާމާތެއްކަމަށް ކާފިރުކަމާ އިސްލާމްކަމާ ވަކިވާ
ބަލާއިރު އޭ ނަމާދުކަމަށް حديثންވެސް އެނގޭނޫހޭ
ޓިކެޓް ދަތުރަށް ނަގާފަދައިން މިއަދު ކުޑަ ހިތްވަރެއް ކުރުމުން
ޓިކެޓްލިބި އާޚިރަތްދުވަހުން އޮތީ ސުވަރުގެ ލިބުންނޫންހޭ
ނަމާދޭ "ދޫފުޅުން" ތަކުރާކޮށް ކައުސާހިބާގެ އައުން
ނަމާދަށް ދޭންޖެހޭ އިސްކަން ވަރަށްރަނގަޅަށް އެނގޭނޫންހޭ
ސަމާލުވެގެން އެތައްކަންތައްތަކެއް ދީނުގެ އަދާކުރިޔަސް
ނަމާދު އަދާނުކުރެވޭނަމަ އެއީ ނުކުރާކަމެއްނޫންހޭ
ބިރާ ނާމާންކަމާ މޮޅިޔާ ތުރާލުން މިންޖުވުން މިއޮތީ
ކިރާ މީޒާނުގައި ބުރަކަންލިބޭ އެ ނަމާދުގައި ނޫންހޭ

2 ޖޫން 2024
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *