ރަސްމީ ދަތުރުފުޅެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ޗައިނާއަށް ފުރާވަޑައިގަންނަވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި ދަތުރުފުޅަކީ 24 ޖޫން 2024 އިން 28 ޖޫން 2024 އަށް ޗައިނާގެ ސިންޖިއަންގ ރީޖަންގެ އުރުމްގީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވެލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މީގެ އިތުރުން މިދަތުރުގައި ޗައިނާގެ މުހިންމު މިސްކިތްތަކާއި އިސްލާމީ އެކަޑަމީ ތަކަށް ޒިޔާރަތް ކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި، ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުޖާއު އަބްދުލް ޙަކީމްވެސް ބައިވެރިވެޑައިގަންނަވައެވެ.