ޔޫއެފާ ކޮންފަރެންސްލީގުގެ ތަށި ޗެލްސީ އިން އުފުލާލަނީ

ކޮންފަރެންސްލީގު ޗެލްސީއަށް

ޔޫރަޕް ކްލަބުތަކުގެ މުބާރާތްތަކުގެ ތެރޭގައި ހިމެނޭ ތިން ވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން އިނގިރޭސި ކްލަބު ހޯދީ ފައިނަލްގައި ސްޕެއިންގެ ރެއާލް ބެޓިސް 4 ލަނޑު 1 ލަނޑުން ބަލިކޮށްފައެވެ. ޕޮލެންޑްގެ ރޮކްލޯ ސްޓޭޑިއަމްގައި ރޭގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ގޯލު 9 ވަނަ މިނެޓްގައި އިސްކޯގެ އެޙިތެރިކާއެމު ޖަހައިދިނީ އެޓީމުގެ ޢަބްދުއްސަމަދު އަލްޒާލޫލީއެވެ. މި ގޯލަށްފަހު ވެސް ރެއާލް ބެޓިސް އިން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. ޗެލްސީއިން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ ފަހުހާފުގެ 65 ވަނަ މިނެޓްގައެވެ. ކޯލް ޕާމަރ ނަގައިދިން ހުރަހަކުން އެންޒޯ ފެނާންޑެޒް ބޯޅަ ގޯލަށް ފޮނުވާލީ ބޮލުން ޖަހައެވެ. އޭގެ 5 މިނެޓްފަހުން ޕާމަރ ނެގި ހުރަހަކުން ނިކޮލަސް ޖެކްޝަން ޗެލްސީއަށް ލީޑު ނަގައިދިނެވެ. ޗެލްސީގެ 3 ވަނަ ގޯލު 83 ވަނަ މިނެޓްގައި ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ސަންޗޯއެވެ. އަދި ފަހު ގޯލު ޖެހީ މެޗްގެ އިތުރު ވަގުތުގައި ޗެލްސީގެ ކައިސަޑޯއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 7 މިލިއަން ޔޫރޯ ލިބޭއިރު ، އަންނަ ސީޒަންގެ ޔޫރޮޕާ ލީގުން ވެސް ޖާގަ ލިބޭނެއެވެ. ޗެލްސީ މިހާރުވެސް އޮތީ ޕްރެމިއަރ ލީގުގެ ތާވަލްގެ 4 ވަނަ ހޯދައިގެން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައެވެ.

މި މުބާރާތް ކާމިޔާބު ކުރުމުން ޗެލްސީ ވެފައިވަނީ ޔޫރަޕްގެ ފުޓްބޯޅަ އިދާރާއިން އިން ބޭއްވީ 5 މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ކްލަބަށެވެ. އެގޮތުން ޔޫއެފާ ކަޕްވިނާސް ކަޕާއި ސުޕަރކަޕާއި ޔޫރޮޕާ ލީގު ގެ އިތުރު ޔޫއެފާ ޗެމްޕިއަންސް ލީގު ވެސް ޗެލްސީއިން ކުރިން ހޯދާފާވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ