ޗެމްޕިއަންސްލީގުގެ ފައިނަލް މިރޭ

ޔޫރަޕް ކްލަބުތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި މިރޭ ކުޅޭނީ ފަރަންސޭސިވިލާތުގެ ޕެރިސް ސެއިންޓް ޖާމަން ( ޕީއެސްޖީ ) އާއި އިޓަލީވިލާތުގެ އިންޓަރމިލާނެވެ. ޖަރުމަންވިލާތުގެ މިއުނިކްގެ އެލިއަންޒް އެރީނާގައި މިރޭ ރާއްޖެ ގަޑިން މެންދަމު 12:00 ގައި ކުޅޭ ޗެމްޕިއަންސްލީގު ފައިނަލަށް ޕީއެސްޖީ އާއި އިންޓަމިލާން ދަތުރުކުރީ ވަރުގަދަ މެޗުތަކެއް ކުޅެ މޮޅުވެގެންނެވެ.

ސްޕެއިންގެ ލުއިސް އެންރިކޭގެ ކޯޗުކަމުގައި މޮޅު ކުޅުމެއް ކުޅެމުން އަންނަ ޕީއެސްޖީ ފައިނަލަށް ދަތުރުކުރީ ދެވަނަ ބުރުގައި އިނގިރޭސި ޕްރެމިއަރ ލީގުގެ ޗެމްޕިއަން ލިވަރޕޫލް ބަލިކޮށް އަދި ކްއާޓަރ ފައިނަލްގައި އިނގިރޭސި ކްލަބު އެސްޓަންވިލާ ބަލިކޮށްފައެެވެ. އަދި ސެމީފައިނަލްގައި ހަމަ އިނގިރޭސި ކްލަބެއް ކަމަށްވާ އާސެނަލް ބަލިކޮށްފައެވެ.

އިންޓަމިލާން ފައިނަލަށް ދަތުރުކުރި ގޮތަށް ބަލާލާއިރު ، އެޓީމުން ވަނީ ދެވަނަ ބުރުގައި ނެދަރލެންޑްސްގެ ފަޔަނޫޑް ބަލިކޮށް އަދި ޖަރުމަން ބުންޑަސްލީގާ ޗެމްޕިއަން ބަޔާން މިއުނިކް ކްއާޓަރގައި ބަލިކޮށް އަދި ސެމީފައިނަލްގައި ސްޕެއިންގެ ލަލީލާ ޗެމްޕިއަން ބާސެލޯނާ ބަލިކޮށްފައެވެ.

މިއީ ޕީއެސްޖީ މި މުބާރާތުގެ ފައިނަލަށް ދިޔަ ދެވަނަ ފަހަރެވެ. 2019-2020 ގެ ސީޒަންގައި ފައިނަލްގައި އެޓީމު ބަލިވީ ބަޔާން އަތުން 1-0 އިންނެވެ.

އިންޓަރ މިލާނު މި މުބާރާތުގެ ފައިނަލްގައި 6 ފަހަރު ކުޅެފައިވެއެވެ. އޭގެ ތެރެއިން ޗެމްޕިއަންކަން ލިބުނީ 3 ފަހަރުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ