މެތިއުސް ކުންޏާ

މެތިއުސް ކުންޏާ މެންޗެސްޓަރ ޔުނައިޓެޑަށް

އިނގިރޭސި ކްލަބު ވޮލްހަމްޓަން ވަންޑަސް އެޓޭކިންގ މިޑްފީލްޑަރ މެތިއުސް ކޫންޏާ އިނގިރޭސި ކްލަބު މެންޗެސްޓަރ ޔުނައިޓެޑަށް ގުޅުނީ 5 އަހަރު މުއްދަތަށެވެ. މެންޗެސްޓަރ ޔުނައިޓެޑުން މެތިއުސް ކޫންޏާ އާއެކު ހަދާފައިވާ އެގްރީމެންޓްގެ އަގަކީ 74 މިލިއަން ޔޫރޯއެވެ.

ޢުމުރުން 26 އަހަރުގެ ބްރެޒިލްގެ އެޓޭކިންގ މިޑްފީލްޑަރ މެތިއުސް ކޫންޏާ އަކީ ސްޓްރައިކަރަކާއި އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައި ކުޅުމުގެ ގާބިލުކަން ހުރި  ފޯވާޑަކީ މެންޗެސްޓަރ ޔުނިޓެޑްގެ ކޯޗް އަމޯރިމްގެ ޓެކްޓިކަލް ސްޓްރެޓެޖީތަކުގައި ވަރަށް މުހިއްމު ފޯވާޑެއް ކަމަށް ބެލެވެ އެވެ. ވުލްވްސްގައި ހޭދަކުރި މުއްދަތުގައި ކުންޏާ ވަނީ 92 މެޗުގައި 33 ލަނޑު ކާމިޔާބުކޮށް 15 އެސިސްޓް ފޯރުކޮށްދީފައެވެ. ނިމިދިޔަ ސީޒަންގައި އޭނާގެ މޮޅު ދެއްކި މޮޅު ކުޅުމުގެ ސަބަބުން އެ ކްލަބުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އޭނާއަށް ލިބުނެވެ. ޓްރާންސްފާ ފީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ތިން އިންސްޓޯލްމަންޓަކަށް ބަހާލައިގެން ހަމަޖެއްސުމަށް ނިންމާފައި މިވަނީ 2029 ވަނަ އަހަރާ ހަމައަށް ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކުރަން ވުލްވްސް އިން ހުށަހެޅި އިބްތިދާއީ ހުށަހެޅުން ބަލައިނުގަތުމުންނެވެ. މެންޗެސްޓާ ޔުނައިޓެޑްގެ 10 ނަންބަރު ޖާޒީގައި ކުންހާ ކުޅެން ތައްޔާރުވެފައިވާއިރު، މިއީ ކުރިން މާކަސް ރަޝްފޯޑް ލައިގެން ހުރި ނަމްބަރެކެވެ.

2021 ވަނަ އަހަރުން ފެށިގެން ބްރެޒިލްގެ ޤައުމީ ޓީމުންވެސް ޖާގަ ހޯދަމުން އަންނަ ކުންޏާ ވަނީ ބްރެޒިލް އަށް 13 މެޗު ކުޅެ 1 ގޯލު ޖަހާދީފައެވެ.

މެންޗެސްޓަރ ޔުނިޓެޑްގެ އެހެން ޓްރާންސްފަރ ޚަބަރުތަކަށް ޕެރަގުއޭގެ ޢުމުރުން 19 އަހަރު ޑިފެންޑަރ ޑިއޭގޯ ލިއޯންވެސް ޔުނައިޓެޑަށް ގުޅިފައިވެއެވެ. އެޓީމުން ވަނީ އެރިކްސަން ، ޖޮނީ އިވާންސް އާއި ލިންޑެލޯފް ދޫކޮށްލާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ