24 އޮކްޓޫބަރު 2025
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، އާޓްވޯކް: ފިޔަ

ދައުލަތުގެ ޚަރަދުތައް 15.2 އިންސައްތަ ދަށަށް؛ ދަރަނި އަނބުރާ ދެއްކުމަށް ބޮޑު ޚަރަދެއް ކޮށްފައިވޭ

ދައުލަތުގެ ބަޖެޓުން 16 އޮކްޓޯބަރ 2025 ގެ ނިޔަލަށް ކޮށްފައިވާ ޚަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 15.2 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ.

މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ޖުމުލަ 30.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މީގެ ތެރެއިން ރިކަރަންޓް ޚަރަދު 0.2 އިންސައްތަ އަދި ކެޕިޓަލް ޚަރަދު 58.1 އިންސައްތައިން ދަށްވެފައިވެއެވެ. ރިކަރަންޓް ޚަރަދުގެ 59.1 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވެއެވެ.

ދަރަނި އަނބުރާ ދެއްކުމަށް މި މުއްދަތުގައި 4.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 118.0 އިންސައްތައިގެ އިތުރުވުމެކެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދައުލަތުން ނަގާފައިވާ ލޯނުތަކަށް އިންޓަރެސްޓްގެ ގޮތުގައި ދައްކަންޖެހޭ މިންވަރު އިތުރުވުމެވެ.

2025 ވަނަ އަހަރަށް އެކުލަވާލި ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ.)އަށް 12.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިހާތަނަށް 5.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ ތެރެއިން ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ މަޝްރޫޢުތަކަށް 3.9 ބިލިއަން ރުފިޔާ އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 164 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 30.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އަދި ނިމިގެންދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު މިއަހަރުގެ ޚަރަދު 15.3 އިންސައްތަ ދަށެވެ. އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް 186.7 މިލިއަން ރުފިޔާގެ ސަރޕްލަސެއްގައި ވަނީ ދެމެހެއްޓިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު