ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގައި، ފޮޓޯ: މަޖިލިސް

އިންޑިއާ ސިފައިން ދެން މާލެވެސް އަރާފާނެ: ނަޝީދު

އިންޑިއާ ސިފައިން އަރާނީ ދިވެހި މަސް ބޯޓުތަކަށް ނޫން ކަމަށާއި، އިންޑިއާ ސިފައިން ދެން މާލެ ވެސް އަރާފާނެ ކަަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ، އިންޑިއާގެ ހަތިޔާރު އެޅި ސިފައިން ދިވެހި މަސް ދޯންޏެއްގައި ހަރަކާތްތެރިވި މައްސަލަ ފެންމަތިވެފައި ވަނިކޮށް ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖްތަކެއްގައެވެ.

"އެ މީހުން /ސިފައިން/ ހަމައެކަނި އަރާނީ އަޅުގަނޑުމެންގެ މަސް ބޯޓުތަކަށް އެކަންޏެއް ނޫން، މާލެއަށްވެސް އަރާފާނެ". މީހަކު ކުރި މެސެޖަކަށް ޖަވާބުދެއްވަމުން ކުރީގެ މަޖިލީސް ރައީސްކަންވެސް ކުރައްވާފައިވާ ނަޝީދު ވިދާޅުވެފައި ވެއެވެ.

ނަޝީދު ވިދާޅުވީ، އިންޑިއާގައި ވެރިކަން ކުރާ މީހަކާއެކު އެތައް ސަތޭކަ އަހަރެެއް ވަންދެން ރާއްޖެ ދެމިއޮތީ މިނިވަން ކަންމަތީގައި ކަމަށެވެ.

"އަޅުގަނޑު މި ގްރޫޕްގައި ލިޔަނީ ވަކި ސަބަބަކާއި ހެދި. މިހާރު ދާ ގޮތަށް ދާނަމަ ރާއްޖެ އާއި މި ގްރޫޕަށް ގެއްލިގެންދާނެ ވަރަށް ކަންތައް އެބަ ހުރި،". ޓޫރިޒަމް އިންޑަސްޓްރީ މޯލްޑިވްސް ގްރޫޕްގައި ރައީސް ނަޝީދު ލިޔުއްވާފައި ވެއެވެ.

"މައާފަށް އެދޭ، އިންޑިއާ ފަސްޓް، ޗައިނާގެ ޖާސޫސީ އުޅަނދުތައް އައިސް ރާއްޖޭގެ ކަނޑައި ހަރަކާތްތެރިވިޔަ ނުދީ،". ނަޝީދު ވިދާޅުވެފައި ވެއެވެ.

އޭނާ މިހެން ވިދާޅުވިނަމަވެސް، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގެންދިއުމުގެ މަސައްކަތް އެހާ ހަލުވިމިނެއްގައި އިންޑިއާ އިން ނުކުރާތީ ދިވެހި ސަރުކާރުގެ ހިތްހަމަނުޖެހުން އެބައޮތެވެ.

އިންޑިއާގެ ހަތިޔާރު އެޅި ސިފައިން ދިވެހި މަސް ދޯންޏެއްގައި ހަރަކާތްތެރިވި މައްސަލަވެސް މިހާރު ވަނީ ފެންމަތިވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ