ހަމާސްއިން ދިން ޙަމަލާއެއްގައި އިސްރާޢީލުގެ ހަތަރަ ސިފައިން މަރުވެއްޖެ

ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުން ދިން ޙަމަލާއެއްގައި އިސްރާއީލުގެ ހަތަރު ސިފައިން މަރުވެއްޖެއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު، އިސްރައީީލުން ޣައްޒާގައި ހިންގަމުންދާ ޢުދުވާން ފެށިފަހުން މިއަދަށް ވަނީ ހަ މަސް ފުރިފައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން، ޣައްޒާގައި އިސްރާޢީލުގެ އަނިޔާވެރި ޔަހޫދީން ހިންގަމުންދާ ޢުދުވާންއާ ގުޅިގެން ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސްއިން ދިން ހަމަލާތަކުގައި މިއަދާ ހަމައަަށް 1،100 އަށް ވުރެ ގިނަ އިސްރާއީލުގެ ޔަހޫދީން ވަނީ މަރާލެވިފައެވެ.

ހަމާސް އިން ހިންގާ ހެލްތު މިނިސްޓްރީން ވިދާޅުވަނީ، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންގައި، ވޭތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި ޣައްޒާގެ 33،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށެވެ.

އިސްރާއީލުން ބުނެފައިވަނީ އިއްޔެ ޣައްޒާގައި، އިސްރާޢީލު ސިފައިންގެ ހަތަރު މީހަކު މަރުވެފައިވާ ކަމަށެވެ. މި މަރުތަކާބެހޭ ގޮތުން މައުލޫމާތު ހާމަކޮށްފައި މިވަނީ، ވޭދުވެދިޔަ ދުވަސްތަކުގައި އިސްރާޢީލަށް ލިބުނު ގެއްލުންތަކަށްވުރެ ބޮޑު ގެއްލުމެއް މިއަދު އިސްރާޢީލަށް ލިބުމާ ގުޅިގެންނެވެ.

ހަމާސްއިން ބުނެފައިވަނީ އިއްޔެ ދެކުނުގެ ރަށެއް ކަމަށްވާ ޚާން ޔޫނިސްގައި އިސްރާއީލުގެ ސިފައިންނަށް ހަމަލާދީފައިވާ ކަމަށެވެ.

މި ޙަމާލާ ދީފައިވާއިރު، ޚާން ޔޫނިސް ސަރަހައްދުގައި ހަތަރު މަސް ދުވަހު އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށްފަހު، އިސްރާޢީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ ދެކުނު ސަރަހައްދުގައި ޙަރަކާތްތެރިވަމުން ދިޔަ އިސްރާޢީލުގެ ސިފައިން އަނބުރާ ގެންގޮސްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ