ރައީސް މުޢިއްޒުއާއި އިންޑިޔާގެ ބޮޑު ވަޒީރު މޯދީ، ފައިލް ފޮޓޯ: ރައީސް އޮފީސް

އީދު ދުވަހުން ހަނދާނަށް ގެނެސްދެނީ ސުލްހަވެރިކަމާއި، އެއްބައިވަންތަކަން: މޯދީ

އީދު ދުވަހުން ހަނދާނަށް ގެނެސްދެނީ ސުލްހަވެރި ދުނިޔެއެއް ބިނާކުރުމުގައި ބޭނުންތެރި އެކުވެރިކަމާއި އެއްބައިވަންތަކަން ކަަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރިންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ އިދު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވެވި ތަހުނިޔާގެ މެސެޖްގައި މޯދީ ވަނީ ރާއްޖޭގެ ރައީސް ޑރ. މުއިއްޒަށާއި ދިވެހި ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ބޮޑު ވަޒީރު މޯދީގެ މެސެޖުގައި އިންޑިއާ އާއި ރާއްޖެއިން ޒަމާނުއްސުރެ ހިއްސާކުރާ ސަގާފީ އަދި ތަހުޒީބީ ގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

އިންޑިޔާގެ ބޮޑު ވަޒީރު ވިދާޅުވީ މިއަދު ސަގާފީ ރޫހުގައި މި ފާހަގަކުރާ އުފާވެރި އީދު ދުވަހުން ހަނދާނަށް ގެނެސްދެނީ އެންމެން އުންމީދުކުރާ ސުލްހަވެރި އަދި ހުރިހާ ފަރާތްތަކެއް ހިމެނޭ ދުނިޔެއެއް ބިނާ ކުރުމުގެ ބޭނުންތެރި އެކުވެރިކަމާއި އެއްބައިވަންތަކަމެެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ