26 އޮކްޓޫބަރު 2025
"ސްލޯޓޭޕް" އިން ނަގާފައިވާ ފޮޓޯއެއް

"މިކަމެއް މިގޮތުގައި ކުރާތާ ސާފު ދިހަ އަހަރު ފުރުނީއޭ…"

މިއީ ފޭސްބުކުން ފެނުނު ޕޯސްޓެކެވެ. "މިކަމެއް މިގޮތުގައި ކުރާތާ ސާފު ދިހަ އަހަރު ފުރުނީއޭ…" މި ޕޯސްޓް ފެނުމުން ޝައުޤުވެރިކަމާއެކު ބަލާލެވުނެވެ. ހާދަހާވާ ސަޅި ޕޯސްޓެކެވެ. ތަފާތެވެ. ވަރަށްވެސް ތަފާތެވެ. މި ބުނާ އެއްޗެއް އިތުރަށް ބަލާލަން ޝައުޤުވެރިވިއެވެ.

އާދޭހެވެ. އެ ބުނަނީ "ސްލޯޓޭޕް" ގެ ވާހަކައެވެ. "ސްލޯޓޭޕް" ޖަހައި އިތުރަށް ފީނާލެވިއްޖެއެވެ. ފެންނަނީ ރީތި ފޮޓޯތަކާއި އަޖައިބުކުރުވަނިވި ވީޑިއޯތަކެވެ. އެއީ ޒުވާނުންތަކެއްގެ އުފެއްދުންތެރި މަސައްކަތްތަކެއް ކަން ކަށަވަރު ކުރެވިއްޖެއެވެ. މީގެ ކުރިންވެސް އެ ވީޑިއޯތަކާއި ފޮޓޯތައް ފެންނަ ހަނދާން އައު ކޮށްލެވިއްޖެއެވެ. އޭރުވެސް ޝައުޤުވެރިވިއެވެ. މިހާރު އަދި އިހުނަށްވުރެ ބޮޑަށް ޝައުޤުވެރިވެއްޖެއެވެ.

ހުނަރުވެރިކަމާއި ޤާބިލުކަމަކީ ޝައުޤާއެކީގައި ޙާސިލުކުރެވޭނެ ކަމެކެވެ. މުރާލިކަމާއިއެކީ ތޫނުފިލި ވިސްނުންތަކެއް ނެރެގެން ކުރެވޭނެ ކަމެކެވެ. "ސްލޯޓޭޕް"ގެ ކޮންމެ ފޮޓޯއަކުންވެސް، ކޮންމެ ޕޯސްޓަކުންވެސް އަދި ކޮންމެ ވީޑިއޯއަކުންވެސް ރަމްޒުވެގެން ދަނީ ހުނަރުވެރިކަމާއި ޤާބިލުކަމެވެ.

ކަވި އަދި އެހާމެ ބުރަ މަސައްކަތްތަކެއް ކޮށްގެން ޒުވާނުންްތަކެއް މިފަދަ އުފެއްދުންތެރި މަސައްކަތްތަކެއް ކުރާތަން ބަލާލުމުގެ ޝައުޤު ކޮންމެ މީހަކުވެސް ހުންނާނެއެވެ.

"ސްލޯޓޭޕް" ގެ ޕްރޮފައިލަށް ބަލައިލީމެވެ. އެއީ އެކްސްޓްރީމް ސްޕޯޓްސްއާއި ފަތުރުވެރިކަމާ ގުޅުންހުރި ޑޮކިއުމެންޓްރީތަކަށް ޚާއްޞަ ވީޑިއޯ ޕްރޮޑަކްޝަން ހެދުމުގެ މަަސައްކަތްކުރާ ބައެއް ކަން އެނގުނެވެ. "ސްލޯޓޭޕް" ގެ ފޮޓޯ އަދި ވީޑިއޯ ގްރާފަރުންގެ އެހީތެރިކަމާއެކު ބޭނުންވާ ފެންވަރުގެ ވީޑިއޯއާއި ފޮޓާ ނަގައިދިނުމުގެ ޚިދުމަތް އެންމެ ޒަމާނީ ވިސްނުންތަކާއެކު ތިލަކޮށްދެމުންދާ ކަމާމެދު ޝައްކެތް ނުއުފެދެއެވެ. ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު، ޤުދުރަތީ ވެށީގެ އަޖައިބުކުރުވަނިވި މަންޒަރުތަކާއި ޙަޤީޤީ އިޙްސާސްތައް ފޯރުކޮށްދިނުމުގައި އެ ޓީމުގެ ކުޅަދާނަ ކަމާމެދު ސުވާލެއް ނުއުފެދެއެވެ.

އިވެންޓްތައް ކަވަރު ކުރުމުގެ ހުނަރާއި ޤާބިލުކަމާއެކު ތާރީޚަށްޓަކައި ރައްކާކުރެވޭ ހަނދާންތައް ވީޑިއޯއާއި ފޮޓޯގްރެފީގެ ހުނަރުވެރި މަސައްކަތުން ގެންގޮސްދިނުމަށް ޒަމާނަށް ލޯހުޅުވިފައިވާ ހުށިޔާރު ޓީމެއް އޮތް ކަމާމެދު ވާހަކައެއް އަހާނެ ޖާގައެއް ނެތެވެ. މުޅިންވެސް ފޯރުކޮށްދީފައި ހުރީ އެކަން ސާބިތުކޮށްދެވޭ ފަދަ އުފެއްދުންތަކެވެ. ސާފުކަމާއި ފުރިހަމަކަމުގެ މަންޒަރުތަކެވެ. ހިތުގެ އެންމެ ހިމަ ނާރަށް އަސަރުކުރުވާ ފަދަ އަޑުތަކާއި މިއުޒިކުތަކެވެ.

"ސްލޯ ޓޭޕް" ގެ އުފެއްދުންތެރި ކަމަށް ދިހަ އަހަރުވީއެވެ. އޯގަސްޓް މަހުގެ ދިހައެއްގައެވެ. ޒުވާންޓީމެއްގެ ހުނަރުން ފުރިގެންވާ ކުޅަދާނަ މި ފުރިހަމަ މަސައްކަތުގައި އިތުރު ކާމިޔާބަށް އެދެމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު