ދިވެހިރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން 4 ލައްކަ ގަސް އިންދައިފި ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހިމް، ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑީޔާ، ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން 4 ލައްކަ ގަސް އިންދާފައިވާ ކަމަށެވެ.
"މިހާތަނަށް ދިޔައިރު ހަތަރު ލައްކަ ގަސް އިންދިފައި މި ވަނީ މި ޕްރޮގްރާމްގެ ތެރެއިން، އަޅުގަނޑުމެން ދަންނަވާނީ މި ޕްރޮގްރާމަކީ އަޅުގަނޑުމެންނަށް އެޗީވް ކުރެވޭނެ ލަނޑުދަޑިއެކޭ،". ވަޒީރު ޠާރިޤް ވިދާޅުވިއެވެ.
ވަޒީރު ޠާރިޤް އިތުރަށް ހާމަކުރެއްވި ގޮތުގައި، މިހާތަނަށް 1.4 މިލިއަން ގަސް އިންދުމަށް އެކި ފަރާތްތަކުން ވަނީ އެއްބަސްވެފައެވެ. އަދި އިންދާ ގަސްތައް ބެލެހެއްޓުމަށްޓަކައި ޚާއްޞަ ޔުނިޓެއް ޤާއިމުކުރުމަށް ވަނީ ނިންމާފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިޚާބީ ވަޢުދުފުޅުތެރެއިން 2023 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ފައްޓަވާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ކޮޕް28 ބައިނަލްއަޤްވާމީ މަހާސިންތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޤައުމު ތަރައްޤީކުރުމެވެ.
ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް އިފުތިތާހުކޮށްދެއްވައިފި



