26 އޮކްޓޫބަރު 2025
ށ. ޅައިމަގު

ށ. ޅައިމަގު ފެނާއި ނަރުދަމާ މަޝްރޫޢުގެ މަސައްކަތް ނިމުމަކާ ކައިރިވެއްޖެ

ށ. ޅައިމަގު ފެނާއި ނަރުދަމާ މަޝްރޫޢުގެ މަސައްކަތް ނިމުމަކާ ވަރަށް ކައިރިވެފައިވާކަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗަރއިން ހާމަކުރައްވައިފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީއިން ހިއްސާކުރެއްވި ޓްވީޓެއްގައި ވަނީ މިމަޝްރޫޢުގެ ދަށުން ފެން ފޯރުކޮއްދޭ ނިޒާމުގެ ޢަމަލީ މަސައްކަތްތައް ވަރަށް ފުރިހަމައަށް ނިންމާލެވިފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ޅައިމަގު ނަރުދަމާ ނިޒާމު ޤާއިމުކުރުންވެސް މިހާރު ވަނީ ކޮމިޝަންކުރެވި، ޓްރައަލް އޮޕަރޭޝަންގެ މަރުޙަލާގައި ކަމަށާއި، މިގޮތުން ކޮމިޝަން ކުރެވުނު ނަރުދަމާ ނިޒާމުގައި 2 ލިފްޓިންގ ސްޓޭޝަނާއި، 1 ޕަންޕިންގ ސްޓޭޝަނާއި، އަދި 1 އައުޓްފޯލް ހިމެނޭ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މި ވަސީލަތްތަކުގެ ސަބަބުން ރަށުގެ ނަރުދަމާ ނިޒާމު ހަރުދަނާވެ، ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގެ ޚިދުމަތެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. އަދި މި މަހުގެ ތެރޭގައި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ލިބެން ފަށާނެ ކަމަށްވެސް މިނިސްޓްރީއިން ވަނީ ހިއްސާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު