21 އޮކްޓޫބަރު 2025
މިއޮޓް އިންޓަރނޝަނަލް ހޮސްޕިޓަލުން ބޭއްވި ސެމިނަރގެ ތެރެއިން --

ޗެންނާއީގެ މިއޮޓް އިންޓަރނޭޝަނަލް ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ މަޢުލޫމާތު ދިނުމަށް ސެމިނާއެއް ރާއްޖޭގައި

ޗެންނާއީގެ މިއޮޓް އިންޓަރނޭޝަނަލް ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ މަޢުލޫމާތު ރާއްޖޭގެ ސިއްޙީ ދާއިރާގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލުންނާ ޙިއްސާކުރުމަށް ސެމިނަރއެއް ބާއްވައިފިއެވެ.

"ކަނެކްޓް މިއޮޓް" ގެ ނަމުގައި، ހޮޓެލް ޖެންގައި، މި ސެމިނަރގައި އެ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރު ޕްރިތްވީ މޮހަންދާސް އާއި ވެސްކިއުލަރ އަދި އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ޑިރެކްޓަރު ޑރ. ކާރްތިކޭޝަން ދަމޯދަރަން ވަނީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

ހަމައެހެންމެ، ދިގު މުއްދަތަކަށް ކަކުލުގައި ރިއްސާ މީހުންނަށް އެ ހޮސްޕިޓަލުން ދޭ ފަރުވާ އާއި ހުރި ފުރުސަތުތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ބޮޑެތި އޮޕަރޭޝަންތަކަށް ނުގޮސް، ލޯވަޅު ތޮރުފައިގެން ފަރުވާ ދެވޭނެ ގޮތްތައް ވަނީ ކިޔައިދީފައެވެ. މި ސެމިނަރގެ ތެރެއިން ސުވާލާއި ޖަވާބުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު ސެމިނަރގައި ރާއްޖޭގެ ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ފަރާތްތަކެއް ވަނީ ބައިވެރިވެފައެވެ.

މެޑްރާސް އިންސްޓިޓިއުޓް އޮފް އޯތޮޕީޑިކްސް އެންޑް ޓްރޮމަޓޮލޮޖީ އަކީ އެމްއައިއޯޓީ އިންޓަނޭޝަނަލް ހޮސްޕިޓަލްގެ ނަމުން ނަން ދީފައިވާ ހޮސްޕިޓަލެކެވެ. މިއީ ޖޮއިންޓް ރިޕްލޭސްމަންޓް ސާޖަރީ، އިންޓަވެންޝަނަލް ކާޑިއޮލޮޖީ، އޯތޮޕެޑިކްސް އަދި ޓްރޯމާގެ ދާއިރާއަށް ޚާއްސަ ހޮސްޕިޓަލެކެވެ.

މިއޮޓް އިންޓަރނޝަނަލް ހޮސްޕިޓަލުން 130 ޤައުމެއްގެ މީހުން މިހާތަނަށް ޚިދުމަތް ހޯދާފައިވާއިރު އަންނަ އަހަރުގެ ފެބްރުއަރީގައި އެ ހޮސްޕިޓަލަށް 25 އަހަރު ފުރޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު