ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އޭ.އެފް.ސީ އޭޝިއަންކަޕް ކޮލިފިކޭޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމާއި ތަޖިކިސްތާނުގެ ޤައުމީ ފުޓްބޯޅަ ޓީމު މިއަދު ހަވީރު ބައްދަލުކުރި މެޗު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ގަލޮޅު ރަސްމީ ދަނޑަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޚަބާ ދެންނެވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަޙްމަދު ޠާރިޤެވެ.
އޭ.އެފް.ސީ އޭޝިއަންކަޕް ކޮލިފިކޭޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ޓީމާއި ތަޖިކިސްތާނުގެ ޤައުމީ ޓީމު ބައްދަލުކުރި މި މެޗު ނިމިގެންދިޔައީ 3 – 0 ގެ ނަތީޖާއަކުން ތަޖިކިސްތާނު ޓީމު މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުން މޮޅުވެ، 10 ޕޮއިންޓާއެކު އެ ޓީމު ވަނީ ކޮލިފައިން ގްރޫޕްގެ އެއްވަނައިގައެވެ.
Vice President Uz @HucenSembe attends the AFC Asian Cup Qualifiers match between Maldives and Tajikistan at the National Football Stadium, cheering on the national team and demonstrating the Government's commitment to football development. pic.twitter.com/5dj9l6Wylt
— The President's Office (@presidencymv) October 14, 2025
މި މެޗަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ދިވެހި ޤައުމީ ފުޓްބޯޅަ ޓީމާއި ސަލާންކުރައްވައި، ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދެއްވިއެވެ.