17 އޮކްޓޫބަރު 2025
އޭނާގެ ބަންދުގެ މުއްދަތު 5 ދުވަހަށް ވަނީ އިތުރުކޮށްފައި، ފޮޓޯ: ފުލުހުން

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު ހދ. ހަނިމާދުއިން ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހދ. ހަނިމާދޫގައި މިމަހުގެ 15 ވަަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްުޔަރުކޮށްފައިވަނީ ހދ. ހަނިމާދޫ ޑޯން ޝައިން އަހުމަދު އަޒުމީ (40އ)އެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު އޭނާ ހުރިތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 6 ރަބަރު ޕެކެޓު ފެނިފައިވާކަމަށާއި، އެތަކެތީގެ ވަގުތީ ބަރުދަނުގައި 8.2 ގުރާމް ހުރިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދުގެ މުއްދަތު 5 ދުވަހަށް އިތުރުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު