17 އޮކްޓޫބަރު 2025
ނިރުބަވެރި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ

ޣައްޒާގެ ހަނގުރާމައިގެ ހުރިހާ ލަނޑުދަނޑިތަކެއް ހާސިލުކުރާނެކަމަށް ޔަހޫދީ ނަތަންޔާހޫ ބުނެފި

ޣައްޒާގެ ހަނގުރާމައިގެ ހުރިހާ ލަނޑުދަނޑިތަކެއް ހާސިލުކުރާނެކަމަށް ނިރުބަވެރި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން އަނިޔާވެރި ނެތަންޔާހޫ ބުނެވެފައިވަނީ ޣައްޒާގެ ހަނގުރާމައިގައި އެ ގައުމުން ކަނޑައަޅާފައިވާ ހުރިހާ ލަނޑުދަނޑިތަކެއް ހާސިލުކުރާނެ ކަމަށެވެ.

އިސްރާޢީލުން ޣައްޒާގައި ހިންގި ދެ އަހަރުގެ ޢުދުވާނުގައި މަރުވި ސިފައިންގެ ހަނދާނުގައި ބޭއްވި ދައުލަތުގެ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުން ޒަޔަނިސްޓް ނަތަންޔާހޫ ބުނީ، އިސްރާއީލާ ދެކޮޅަށް އަތް އުފުލާ ކޮންމެ ފަރާތަކުން ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމަށް އެ ގައުމުގެ ދުޝްމަނުންނަށް އެނގިއްޖެ ކަމަށެވެ.

މި ރަސްމިއްޔާތުގައި އަނިޔާވެރި ނެތަންޔާހޫ އިތުރަށް ބުނީ، އިސްރާއީލުގެ ސިފައިން ދަނީ ޣައްޒާގައި ހަމާސްގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. އަދި އެ ހަނގުރާމައިގައި އިސްރާއީލަށް ކާމިޔާބު ލިބެމުންދާ ކަމަށެވެ.

ފާއިތުވި ދެ އަހަރު ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ލާއިންސާނީ ޢުދުވާނީ ޙަމަލާގައި ޣައްޒާގެ 68،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ފަލަސްޠީނުން ބުނާ ގޮތުގައި ޝަހީދުވެފައިވާ މީހުންގެ ހަޤީޤީ ޢަދަދު ރަސްމީ ޢަދަދަށް ވުރެ އެތައް ހާސް މީހުން އިތުރުވާނެ ކަމަށް ޤަބޫލުކުރެއެވެ. އިމާރާތްތަކުގެ ދަށުގައި ވެސް އެތައް ހާސް މީހުންގެ ހަށިތައް ހުރިކަމަށް ބެލެވެއެވެ. ވީނުވީއެއް ނޭނގި އެތައް ހާސް ބަޔަކު ވަނީ ގެއްލިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު