18 އޮކްޓޫބަރު 2025

ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިކަމަށް ބުނެ ސްކޭމް މެސެޖުތަކެއް ފޮނުވަނީ

ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިކަމަށް ބުނެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާ ކަމަށް ހާމަކޮށްފިއެވެ.

ފުލުހުން މިކަމާ ގުޅިގެން ދީފައިވާ މައުލޫމާތުގައި، މި މެސެޖްތަކުގައި ހިމަނާފައިވާ ފޭކް ލިންކް މެދުވެރިކޮށް ސްކޭމް ކުރާ ފަރާތްތަކުން ދަނީ މީހުންގެ ޒާތީ މައުލޫމާތާއި ޕާސްވޯޑްތައް ވައްކަންކުރަމުންނެވެ. މި މެސެޖުތަކުގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާތިލުކޮށް އަލުން ފޯމްލުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

ފުލުހުން ވަނީ މި މެސެޖްތަކުގައިވާ ލިންކްތަކަށް ނުފިތުމަށާއި، އެކަން އެހެން ފަރާތްތަކަށް އަންގައިދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި އެޗްޑީސީގެ ފަރާތުން ފޮނުވާފައިވާ މެސެޖެއްނަމަ، ކުންފުންޏަށް ގުޅައި ވެރިފައިކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

އެންޓި-ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އެ ސެންޓަރަށް ރިޕޯޓުކުރި 1059 މައްސަލައިގެ ތެރޭގައި 491 އީ-ކޮމާސް ސްކޭމްގެ މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ 250 މައްސަލައާއި، އިމްޕާސަނޭޝަންގެ 130 މައްސަލައާއި، އިންވެސްޓްމަންޓް ސްކޭމްގެ 32 މައްސަލަ ހިމެނެއެވެ.

އެންޓި-ސްކޭމް ސެންޓަރުން ވަނީ "ސްކޭމް އައްޑަނަ" ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް މުޅި ރާއްޖޭގައި ލޯންޗުކޮށް، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 40 ޕަސެންޓް މީހުންނަށް މިފަދަ ސްކޭމްތަކާ ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު ފޯރުކޮށްދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު