ހައްދުންމަތީ ފޮނަދޫގައި ޤާއިމްކުރާ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ފުނަދޫ ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 2368 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރެވޭނެއެވެ. މި މަޝްރޫޢަށް 6.50 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭއިރު، މަސައްކަތް ނިންމުމަށް 300 ދުވަހުގެ މުއްދަތެއް ދެވިފައިވެއެވެ.
President Dr @MMuizzu attends the groundbreaking ceremony for the L. Fonadhoo Regional Emergency Operations Centre. Once completed, the facility will strengthen disaster preparedness and emergency response capacity in the region.
#RayyithunGaathah #LaamuAtollVisit pic.twitter.com/Bi1HHAv1Pd— The President's Office (@presidencymv) October 21, 2025
ސަރުކާރުން މަޢުލޫމާތު ދެއްވާގޮތުގައި، މި ސެންޓަރު ޤާއިމުކުރެވުމުން ޤުދުރަތީ ކާރިސާތަކާއި އެހެނިހެން ކުއްލި ހާލަތްތަކުގައި ހައްދުންމަތީ ރައްޔިތުންނަށް އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެއެވެ. އަދި މިފަދަ ހާލަތްތަކުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް މަގުފަހިވެގެންދާނެއެވެ.
މި މަޝްރޫޢަކީ ސަރުކާރުން ހައްދުންމަތީގެ ރައްޔިތުންނަށް ފޯރުކޮށްދޭ އެމަޖެންސީ ޚިދުމަތްތައް ހަރުދަނާކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.