21 އޮކްޓޫބަރު 2025
ފޮނަދޫގައި އިސްލާމިކް ބޭންކުގެ އޭޓީއެމް ޚިދުމަތް ފެށުން، ފޮޓޯ: ރައީސް އޮފީސް

ފޮނަދޫގައި އިސްލާމިކް ބޭންކުގެ އޭޓީއެމް ޚިދުމަތް ފަށައިފި

ހައްދުންމަތި ފޮނަދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

ފޮނަދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ރައީސް މުޢިއްޒު ވަނީ ހަނދާނީ ބޭންކު ކާޑެއް އެރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ. އެމްއައިބީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

ސަރުކާރުން މިހާރު ވަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށް އަމާޒު ހިފާފައެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް އިސްލާމިކް ބޭންކާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހު ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ.

އެމްއައިބީން ހާމަކުރައްވާފައިވާ ގޮތުގައި، އެ ބޭންކުގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން މިއަހަރު އިތުރު 19 ރަށެއްގައި ޑޮލަރު އޭޓީއެމް ހިމެނޭހެން 23 އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދެއެވެ. މީގެއިތުރުން ރ. އުނގުފާރު، ށ. ފުނަދޫ، ކ. މާލެ އަދި ގއ. ވިލިނގިލީގައި ސޭލްސް ސެންޓަރުތައް ޤާއިމްކުރާނެ ކަމަށްވެސް އެ ބޭންކުން ވަނީ އިޢުލާންކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު