29 ޑިސެންބަރު 2025

އެޗްޑީސީއާއި ސަލަފް ޖަމިއްޔާ ގުޅިގެން މާދަމާރޭ ހުޅުމާލޭގައި ހާއްސަ ދަރުހެއް ދެނީ

ޖަމްޢިއްޔަތުއްސަލަފާއި އެޗްޑީސީ ގުޅިގެން، އާންމުންނަށް ހުޅުވާލައިގެން ވަރަށް ހާއްސަ ދަރުހެއް މާދަމާރޭ ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

"ފޭރާން" މި މައުޟޫއަށް ހާއްސަކޮށްގެން މާދަމާރޭ ދަރުސް ދެއްވާނީ ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ. ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެރޭ 08:30 ގައި ހުޅުމާލެ ރުއްގަނޑު 3 ސަރަހައްދުގައެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މި ދަރުހަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންދެވުމަކީ ޖަމްޢިއްޔަތުއްސަލަފާއި އެޗްޑީސީގެވެސް ވަރަށްބޮޑު އެދުމެކެވެ. އާންމުންނަށް ހުޅުވާލައިގެން ހުޅުމާލޭގައި ބާއްވާ މި ދަރުސް "ދާރިސް ޓީވީ" އިން ލައިވްވެސް ކުރާނެއެވެ.

މިއަހަރު ނިމުމާ ހަމައަށް އައި އިރު، ޖަމްޢިއްޔަތުއްސަލަފުން ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު އެކިއެކި ހަރަކާތްތައް ހިންގާފައެވެ. އެފަދަ ހަރަކާތްތަކުގައި އެޗްޑީސީން އަބަދުވެސް އަންނަނީ އެ ޖަމިއްޔާއަށް އެއްބާރުލުން ދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު