29 ޑިސެންބަރު 2025
ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުގެ އައު ޓާމިނަލުން ޚިދުމަތްދޭން ފެށި 38 ވަނަ އެއާލައިނަކަށް ހައިސްކައި، ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުގެ އައު ޓާމިނަލުން ޚިދުމަތްދޭން ފެށި 38 ވަނަ އެއާލައިނަކަށް ހައިސްކައި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލް (ޓަރމިނަލް 1) އިން ހައިސްކައި އެއަރލައިނަށް ޚިދުމަތް ދޭން ފެށުމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ގްރޫޕުގެ ޖެނެރަލް މެނޭޖަރު އަލީ ޝާކިރެވެ. މި ހަފްލާގައި ވޮޔޭޖަސް މޯލްޑިވްސް އާއި ހައިސްކައި އަދި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އައު ޓަރމިނަލުން ޚިދުމަތް ދޭން ފެށުމުގެ ގޮތުން ހައިސްކައިގެ ފުރަތަމަ ފްލައިޓުން ރާއްޖެއަށް އައި 222 ފަސިންޖަރުންނަށް ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ. މި އެއަރލައިނާއެކު ވީއައިއޭގެ އައު ޓަރމިނަލުން މިހާރު ޖުމްލަ 38 އެއަރލައިނަކަށް ޚިދުމަތް ފޯރުކޮށްދެމުންދާކަން އެމްއޭސީއެލުން ފާހަގަކުރެއެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއަރލައިންތަކަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު