އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަދި މެންޗެސްޓަރ ސިޓީވެސް މޮޅުވެއްޖެއެވެ.
އާސެނަލް އަދި ބްރައިޓަން ބައްދަލުކުރި މެޗު އެޓީމުން ކާމިޔާބުކުރީ 2:1 ގެ ނަތީޖާއަކުންނެވެ.
އާސެނަލްގެ ފުރަތަމަ ލަނޑު މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު ދެވަނަ ލަނޑަކީ ބްރައިޓަންގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ބްރައިޓަންގެ ލަނޑު ޖަހާދިނީ ޑިއޭގޯ ގޮމޭޒްއެވެ.
މެންޗެސްޓަރ ސިޓީ އަދި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު އެޓީމުން ކާމިޔާބުކުރީ 2:1 އިންނެވެ.
ސިޓީގެ ލަނޑުތައް ޖަހާދިނީ ރެއިޖްންޑާސް އަދި ރަޔަން ޝާކީ އެވެ.
މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތީ 42 ޕޮއިންޓާއެކުގައެވެ. އަދި ދެވަނައިގައި ސިޓީ އޮތީ 40 ޕޮއިންޓާއެކުގައެވެ.



