އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަންވިލާ އަދި ޗެލްސީ ބައްދަލުކުރި މެޗު 2:1 އިން އެސްޓަންވިލާ ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޖޮއާއޮ ޕެޑްރޯ ޖަހާދިން ލަނޑުން ޗެލްސީ ކުރީގައި އޮތްނަމަވެސް ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އޮލީ ވަޓްކިންސް ވަނީ ވިލާ އަށް ދެލަނޑު ޖަހާދީ އެޓީމު މޮޅުކޮށްދީފައެވެ.
މި މޮޅާއެކު އެސްޓަން ވިލާއިން ވަނީ ބަލިނުވެ 11 ވަނަ މެޗު ހަމަކޮށްފައެވެ.
އެޓީމު އޮތީ 39 ޕޮއިންޓާއެކު ތާވަލުގެ 3 ވަނައިގައެވެ.



