29 ޑިސެންބަރު 2025

ވާރޓްޒް ގެ ފުރަތަމަ ލަނޑާއެކު ލިވަޕޫލަށް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އަދި ވޮލްވްސް ބައްދަލުކުރި މެޗު 2:1 އިން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.

ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހާދިނީ ރަޔަން ގްރަވެންބައުޗްއެވެ.

ދެވަނަ ހާފުގައި ސެންޓިއާގޯ ބުއެނޯ ގެ ލަނޑުން ވޮލްވްސް އެއްވަރުކުރިނަވެސް ލިވަޕޫލްގެ ފްލޯރިއަން ވާޓްޒް ވަނީ ލަނޑެއްޖަހާ ލިވަޕޫލް މޮޅުކޮށްދީފައެވެ.

މިއީ ހޫނު މޫސުމުގައި ބަޔާ ލިވަލޫސެންއިން ރެކޯޑް އަގެއްގައި ލިވަޕޫލްއަށް ބަދަލުވެ ވާޓްޒް އެޓީމަށް ޖަހާދިން ފުރަތަމަ ލަނޑެވެ.

ރޭގެ މޮޅާއެކު ލިވަޕޫލް ވަނީ 32 ޕޮއިންޓާއެކު ތާވަލުގެ 4ވަނައަށް ޖެހިލައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު