އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޓްރޮޕީ

އެފްކޮން ކަޕް ފައިނަލް މިރޭ

މޮރޮކޯގައި މިހާރު ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް 2026 ގެ ފައިނަލް މެޗު މިރޭ ކުޅެވޭނެއެވެ. ރާއްޖެ ގަޑިން މިރޭ ދަންވަރު 12:00 ގައި ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާނީ މޮރޮކޯ އާއި ސެންގޯލެވެ. 69500 މީހުންނަށް ވަދެވޭ މޮރޮކޯގެ ރަބާތުގެ ޕްރިންސް މައުލީ ޢަބްދުﷲ ސްޓޭޑިއަމްގައި މިރޭ ކުޅޭ ފައިނަލަކީ 22 އަހަރަށްފަހު މޮރޮކޯ ކުޅޭ ފުރަތަމަ ފައިނަލެވެ. އަދި ސެނެގާލް އެންމެ ފަހުން ފައިނަލް ކުޅުނީ 2021 ވަނަ އަހަރު މުބާރާތުގައެވެ. އެ އަހަރު ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން މިސްރު ބަލިކުރުމަށްފަހުއެވެ.

މިރޭ ފައިނަލަށް ކުރިމަތިލާއިރު ދެޓީމަކީވެސް ތަރިން ގިނަ ދެޓީމެވެ. އެގޮތުން މޮރޮކޯގެ ކެޕްޓަން ހަކީމީ އަކީ ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީގެ މުހިއްމު ކުޅުންތެރިޔެކެވެ. އަދި ފޯވާޑް ބްރަހިމް ޑިއާޒް އަކީ ރެއާލް މެޑްރިޑްގެ ކުޅުންތެރިޔެކެވެ. ސެނެގޯލުގެ ކެޕްޓަން މާނޭ އާއި ފޯވާޑް ޖެކްސަން އަކީ އެޓީމުގައި ތިބި މަޝްހޫރު ކުޅުންތެރިންނެވެ.

ރީނދޫ ކާޑްގެ ސަބަބުން ސެނެގޯލުގެ ކޫލިބަލީ އަށް ނުކުޅެވޭނެއެވެ.

2002 ވަނަ އަހަރު ފީފާ ވޯލްޑްކަޕް ފުރަތަމަ މެޗުގައި ފްރާންސް ބަލިކޮށް އަދި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާ ކްއާޓަރ ފައިނަލުން ޖާގަ ހޯދި ސެނެގާލަކީ އޭގެ ފަހުން މުޅި ދުނިޔެއަށް މަޝްހޫރުވި ޓީމެކެވެ. އަދި މޮރޮކޯ އަކީ 2022 ވަނަ އަހަރު ފީފާ ވޯލްޑްކަޕްގައި ގަދަ 16 ގައި ސްޕެއިން ބަލިކޮށް އަދި ކްއާޓަރ ގައި ޕޯޗުގަލް ބަލިކޮށް އެންމެ ފުރަތަމަ ސެމީ ފައިނަލަށް ދިޔަ އެފްރިކާގެ ޤައުމުކަމުގައި ވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ