އެމެރިކާއިން ވައިގެ މަގު ހުޅުވައިދީ ހިމާޔަތް ދޭތީ ގަލްފުގެ ޤައުމުތަކުން އަގު ދައްކަންޖެހޭނެ: ޓްރަމްޕް

ހުރްމުޒް ކަނޑުއޮޅި ހިމާޔަތްކޮށްދިނުމުގައި އެމެރިކާއިން ވަމުންދާ އެހީތެރިކަމަށް، ގަލްފުގެ ޤައުމުތަކުން އެމެރިކާއަށް ބަދަލު (ރިއިމްބާސްމަންޓް) ދޭންޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ބުނީ، އެމެރިކާއިން ހިމާޔަތްތެރިކަން ފޯރުކޮށްދެމުންދަނީ ދުނިޔޭގެ އެންމެ މުއްސަނދި ސަރަޙައްދަށް ކަމަށާއި، އެކަމަށް އެމެރިކާއިން ބޮޑެތި ޚަރަދުތަކެއް ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެ ހިމާޔަތުގެ ބަދަލުގައި އެމެރިކާއަށް ފައިސާ ލިބެންޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް ވަނީ އެމެރިކާއިން މިހާތަނަށް ބޮޑެތި އެހީތެރިކަމާއި ހިމާޔަތް ފޯރުކޮށްދީފައިވާ ޤައުމުތަކުގެ ގޮތުގައި ސައޫދީ ޢަރަބިއްޔާ، ޔޫއޭއީ، ޤަޠަރު، ބަޙްރައިން އަދި ކުވައިތު ޚާއްޞަގޮތެއްގައި ފާހަގަކޮށްފައެވެ.

އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ކަންކަމަށް އެމެރިކާއިން އަތްނުބޭނުމަށް އިންޒާރުދީ، ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ޙަމަލާދެމުންދާ ދަނޑިވަޅެއްގައި، ޓްރަމްޕް މިފަދަ މާލީ ދައުވާއެއް ކުރުމުން ސަރަޙައްދުގެ މަސްރަޙަށް އިތުރު ބަދަލުތަކެއް އަތުވެދާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ