25 ޖަނަވަރީ 2025

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓު އެޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމަށް އަރުވައިފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓު އެޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމަށް އަރުވައިފިއެވެ. އެމަނިކުފާނަށް ޓިކެޓް އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ 9 ޖޫން 2023 ވަނަ ދުވަހުގެ ރޭ އަލިމަސް ކާނިވަލުގައި އެ ޕާޓީން ބޭއްވި ޚާއްސަ ޖަލްސާއެއްގައެވެ. މި ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ މެނިފެސްޓޯވެސް ވަނީ ހާމަކޮށްދެއްވާފައެވެ.

މި ޖަލްސާގައި ޤާސިމް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ ޙާލަތާއި، އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ރަގަޅު ކުރައްވާނެ ކަންކަމާއި ޙާޞިލުކުރައްވާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

"މި ނާޒުކު ދަނޑިވަޅުގައި މި ފަދަ މަސްޢޫލިއްޔަތެއް އަދާކުރުމަށް، އަޅުގަނޑު މި ނިކުތީ ވަރަށް ގިނަ ވިސްނުން ތަކެއް ވިސްނުމަށް ފަހު! އެއީ މާޒީގައިވެސް  އަދި މިއަދުވެސް އެކި ސަރުކާރު ތަކުން ކަންތައްތައް ކުރައްވަމުން އައިސްފައިވާ ގޮތުން، ރައްޔިތުންނަށް ލިބެމުންދާ ނިކަމެތި ކަމާއި، ތަހައްމަލު ކުރަމުންދާ ގެއްލުންތަކާއި، ހިތްދަތިކަމުން ސަލާމަތްކޮށްދެވޭތޯ ގަދަ އަޅާ މަސައްކަތް ކުރުމުގެ މަތިވެރި ޢަޒުމު އަޅުގަނޑުގެ އޮތަތީ." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ދިވެހީންގެ ދީނާއި، ޢަދުލު އިންސާފާއި، ޤައުމީ ސަލާމަތާއި، ސަލާމަތީ ބާރުތަކާއި، ދިވެހީންގެ ޑިމޮކްރަސީއާއި މިނިވަންކަމާއި، ދިވެހީންގެ ޤައުމިއްޔަތާއި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޢުމުރާނީ ތަރައްޤީ ގެ ބޮޑެތި މަޝްރޫޢުތަކާއި، ބޯހިޔާވަހިކަމާއި، ދަރަނިވެރިކަމުން ސަލާމަތްވާނޭ އާ ވިސްނުންތަކާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރިއާއި އިޤްތިޞާދު ހަރުދަނާކުރާނޭ ގޮތްތަކާއި، ޞިއްޙަތާއި، ތަޢުލީމާއި، ޑްރަގްގެ ވަބާއިން ސަލާމަތްވެފައިވާ ރާއްޖެއެއް ހޯދުމާއި، ވަކިއަތަކަށް ބުރަނުވާ "ދިވެހީން ފުރަތަމަ" އަށް އަންނަ ޚާރިޖީ ސިޔާސަތާއި، ތިމާވެށި ހިމާޔަތްކުރުމާއި، އާޓިފިޝަލް އިންޓެލިޖަންސްއަށް އަހުލުވެރި ދިވެހިރާއްޖެއެއް އުފަން ކުރުވުމާއި، އިންފޯމޭޝަން ޓެކްނޮލޮޖީ ހަރުދަނާކުރުމާއި، ވިޔަފާރި ހަރުދަނާކުރުމާއި، އިސްރައްވެހީންނާއި ޒުވާނުންނާއި ކުޅިވަރާއި، އަންހެނުންނަށް ޙާއްޞަ ރަންޒަމާނެއް ގެނައުމާއި، މާލީއިދާރާތަކާއި ޤައުމީ ބޭންކު ހަރުދަނާކުރުމާއި، ރާއްޖޭގެ ދަތުރުފަތުރަށް ހެޔޮ ބަދަލެއް ގެނައުމާއި، ފަތުރުވެރިކަމާއި ގެސްޓުހައުސް އިތުރު ގިޔަރަކަށް ލުން ފަދަ ކިތަންމެ ކިތަންމެ ކަމެއް އެމަނިކުފާނުގެ މެނިފެސްޓޯގައި ތަފްސީލްކޮށް ހިމެނިފައިވާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ. އެގޮތުން އެމަނިކުފާނުގެ މެނިފެސްޓޯގައޮ ހިމެނިފައިވާ މުހިއްމު ކަންކަމަށް އަލިއަޅުވާލަމެވެ.

އިސްލާމް ދީން :

  • ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ފުރިހަމައަށް ދެމެހެއްޓުން.
  • ތަޢުލީމާއި ތަރުބިއްޔަތާއި ސިޔާސަތުގެ ތެރެއިން އިސްލާމްދީނުގެ ޞައްޙަ އަޤީދާ ދިވެހިރާއްޖޭގައި އަށަގަނުވާ ދެމެހެއްޓުން.
  • މާތްވެގެންވާ އިސްލާމްދީން ފިޔަވައި އެހެން ދީނަކަށް ދިވެހިރާއްޖޭގައި ފުރުސަތު ނުދިނުން.

  1. މިނިވަންކަމާއި އިސްތިޤްލާލް :
  • މިފިޔަވަޅު މަތީގައި މިރޭ އަޑަށް ބާރުލާފައި އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ ސަރަޙައްދުން ޒައްރެއްގެ މިންވަރުވެސް އަޅުގަނޑުގެ ވެރިކަމެއްގައި ގެއްލިގެން ދިޔަ ނުދިނުން.
  • ޗާގޯސްއާއި، ރާއްޖެއާއި ދެމެދުގައިވާ ކަނޑުގެ މައްސަލައިގައި އިޓްލޮސްއިން ނިންމި ނިންމުމާއި ގުޅިގެން ދިވެހީންނަށް ގެއްލިފައިވާ ސަރަޙައްދު އަނބުރާ ހޯދުމަށް ބައިނަލްއަޤްވާމީ އެކްސްޕާޓުންނާއި އެކު ވެރިކަމުގެ އެންމެފުރަތަމަ ދުވަހުވެސް މަސައްކަތްފެށުން.
  1. ސަރަޙައްދީ ތަރައްޤީ:
  • މުޅިރާއްޖެ އިޤްތިޞާދީ 7 ސަރަޙައްދަކަށް ބަހާލާ، ފުރަތަމަ އިސްކަންދޭނީ އެންމެ އުތުރާއި ދެކުނުގައި ސަރަޙައްދީ ތަރައްގީގެ ލާމެހިފައިވާ އިގްތިސާދީ ވަރުގަދަ ދެ މަންޒިލް ޤާއިމުކުރުން.
  1. އިޤްތިޞާދު:
  • ދަރަނިތައް ކުޑަކޮށް އެއިން ސަލާމަތްވުމަށް އާމްދަނީ އިތުރުކުރުމާއިއެކު، މާލީ ހެޔޮމިސްރާބަކަށް ޤައުމުގެންދިޔުން
  • ރިޔާސީ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި ޖީ.ޑީ.ޕީ %120 އިން %90 އަށް ތިރިކޮށް، ދައުލަތުގެ ޚަރަދު  ޖީ.ޑީ.ޕީގެ %35 ގައި ހިފަހައްޓާ، ދައުލަތުގެ އާމްދަނީ ޖީ.ޑީ.ޕީގެ 30ޕަސެންޓަށް އަށް މަތިކުރާނަން.
  • ރައްޔިތުންގެ އާބާދީގެ ބޮލަކަށްޖެހޭ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީ.ޑީ.ޕީ ޕާރ ކެޕިޓާރ) 18000 ން 27000 މަތިކުރުން.
  • ނެޝަނަލް ޔޫޒަބަލް ރިޒާވް 250 މިލިޔަނުން 1 ބިލިޔަން ޑޮލަރަށް މަތިކުރުން.
  1. ޒުވާނުންނާއި ކުޅިވަރު
  • ރާއްޖޭގައި ބައިނަލް އަޤްވާމީ މުބާރާތްތައް ބޭއްވޭ ވަރަށް އިންފްރާސްޓަކްޗަރ ޤާއިމް ކޮށް  ދުނިޔޭގެ ފެންވަރުގެ އޮލިމްޕިކް ސްޓޭޑިއަމް އެއް އެޅުން.
  • ބައިނަލް އަޤްވާމީ މިންގަނޑުގެ މޯޝަންޕިކްޗަރަސް ސްޓޫޑިއޯ އައިލަންޑެއް ރާއްޖޭގެ ރަށެއްގައި ތަރައްޤީކޮށް، ދިވެހި ޒުވާނުންނަށް އެމީހުންގެ ހުނަރުން އާމްދަނީ ލިބޭނޭ މަގު ފަހި ކުރުން.
  1. ބޯހިޔާވަހިކަން
  • ބޯހިޔާވަހިކަމުގެ ހާސްކަމުގައި ތިބި ރައްޔިތުންގެ ހާސްކަން ފިލުވާލާ އަޅުގަނޑުގެ ރިޔާސީ ދައުރު ނިމުގެ ކުރީން މުޅިރާއްޖޭގައި 30000 ( ތިރީސްހާސް ) ހައުސިންގ ޔުނިޓު އެޅުން.
  • ހިޔާ ފްލެޓްތަކުގައި ހުރި މައްސަލަތައް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހައްލުކުރުމަށް އިސްކަންދީ، ޓަވަރުތަކުގައި އިތުރު އެލެވޭޓަރާއި، ބެކަޕްޖަނަރޭޓަރު ބަހައްޓާ، ހިޔާނެއިބަހުޑް ޕާކުތައް ތަރައްޤީކުރުން.
  1. މަސްވެރިކަން
  • ވެރިކަމުގެ ފުރަތަމަ 2 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކަޅުބިލަމަހުގެ ފްލީޓްގެ ހުރިހާ އުޅަނދެއްގައި، ލޮނުފެނުން މަސްފިނިކުރާ ނިޒާމު RSW SYSTEM (ރެފްރިޖެރޭޓެޑް ސީ ވޯޓަރ ސިސްޓަމްސް) އަދި ރާޑަރސިސްޓަމް ގާއިމުކުރުމަށް ބޭނުންވާ ފައިސާ ލުއިލޯނުގެ ގޮތުގައި ހަމަޖައްސައިދީ، ރާއްޖެއަށް ބާނާ މަހަކީ ތާޒާކަންމަތީ މަސްގަންނަ ސެންޓަރުތަކަށް ނުވަތަ ކޭނަރީ ތަކަށް ކިރުވާ، އެންމެ ފެންވަރު ރަނގަޅު މަސްކަމަށް ހެދުން.
  1. ތަޢުލީމު
  • ދިވެހިރާއްޖޭގެ ތަޢުލީމުގެ ފެންވަރު މަތިކުރުމާއި، ކިޔަވައިގެން ނުކުންނަކުދީން މަސައްކަތުގެ މާހައުލަށް އަހުލުވެރި ކުރުވުމަށްޓަކައި، ތަޢުލީމީ ސިޔާސަތަށް ބަދަލުގެނެސް ތަންފީޒުކުރުން.
  • ޢަރަބިއްޔާ ސްކޫލާއި ޢަރަބިއްޔާގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުން.
  1. އިންފޯރމޭޝަން ޓެކްނޯލޮޖީ
  • ގޭބިސީތަކަށް އިންޓަރނެޓަކީ އަސާސީ ޚިދުމަތަކަށް ހަދާ، ރާއްޖޭގެ ކޮންމެގޭބިސީއަކަށް ދަށްވެގެން 5 އެމް.ބީ.ޕީ.އެސް (Mbps)  ސްޕީޑް  ލިބޭގޮތް ހެދުން.
  1. ކުދިއަދި މެދުފަންތީގެ ވިޔަފާރި
  • ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް 5 އަހަރުގެ ތެރޭގައި 3 ބިލިޔަން ރުފިޔާ ހޭދަކޮށް ޜާއްޖޭގެ އެކިހިސާބުގައި މަދުވެގެން 500 "ސްމޯލް ބިޒްނަސް ލީޑަރސް" އުފެއްދުން
  • 5 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި 100 މިލިއަނަރުން އުފެއްދުން.
  1. އިޖްތިމާޢީ ޢަދާލަތު
  • އާސަންދަ އަކީ ސިޔާސީ މީހުންގެ ގާތަށް ގޮސް ސަލާން ޖަހަން ނުޖެހޭ ނިޒާމަކަށް ހަދާނަން. އިންސާފުވެރި، ކޮރަޕްޝަން ނެތް، ބަލިމީހާއަށް ފުރިހަމައަށް އެހީތެރިވެދެވޭ، ޚަރަދުތައް ފުރިހަމައަށް ބެލެހެއްޓިގެން ހިނގާ، އިސްރާފު ނެތް ނިޒާމަކަށް ހެދުން.
  1. ޞިއްޙަތު
  • ސްޕެޝަލިސްޓް ޑަކްޓަރަކަށް ދެއްކުމަށް ގިނަދުވަހު ހުންނަން ޖެހުން ނިމުމަކަށް ގެނެސް، 7 ދުވަހުގެ ތެރޭގައި ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކޭނެ ގޮތަށް ހެލްތް ރިފަރަލް ސިސްޓަމް ހަރުދަނާ ކުރުން.
  1. ޑްރަގް
  • ބައިނަލްއަޤްވާމީ އެންމެ މަތީ މިންގަޑުތަކަށް ފެތޭގޮތައް ޑްރަގް ރިހެބިލިޓޭޝަންގެ ފަރުވާގައި ބޭނުންކުރާނޭ ވަކި އުޞޫލުތަކެތް ފަރުމާކޮށް 3 އަހަރު ތެރޭ ތަންފީޒުކުރުން.
  1. ޢަދުލު އިންޞާފު
  • ކޯޓުތަކުގެ މިނިވަންކަން ކަށަވަރުކޮށް މައްސަލަތައް އަވަސްކޮށް ދައުލަތުން ރައްޔިތުންނަށް އިންސާފު ޤާއިމް ކޮށްދޭނަން
  • ރާއްޖޭގެ ފަނޑިޔާރުގެތަކަށް އެކަށީގެންވާ ޒަމާނީ ޢިމާރާތްތައް އަޅާ، އެދާއިރާއަށް އެކަށީގެންވާ ބަޖެޓާއި، ވަޞީލަތްތަކާއި ޕްރޮފެޝަނަލް އަދި ތަމްރީން ލިބިފައިވާ ޖުޑިޝަރީއަކަށް މަގުކޮށައިދިނުން.
  1. އިސްރަށްވެހިން
  • 65 އަހަރު ފުރުމުން ދައުލަތުންދޭ އިނާޔަތް -/7000 ރުފިޔާ އަށް ބޮޑުކުރުން.
  1. ދަތުރުފަތުރު
  • ފާއިތުވި 15 އަހަރުވަންދެން އެކި ސަރުކާރުތަކުން ދިވެހީންނަށް ހުވަފެންދައްކާ ހަޤީޤަތަކަށް ނުހެދިއޮތް ޓްރާންޝިޕްމަންޓް ޕޯރޓް އާއި ބަންކަރިން ފެސިލިޓީޒް ޤާއިމުކުރުން.
  1. ދަތުރުފަތުރު
  • ދައުލަތުގެ މަޤާމުތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށްޓަކައި، އިތުރު ފުރުޞަތުތައް ފަހިކޮށްދިނުން.
  1. މާލީ އިދާރާ ހަރުދަނާކުރުން
  • ރާއްޖޭގެ އަމިއްލަ ކްރެޑިޓް ކާޑެއް އުފެއްދުން
  • އިންވެސްޓްމަންޓް ބޭންކު ތަޢާރުފު ކުރުން.
  • އޮފްޝޯ ބޭންކުގެ ޚިދުމަތް ޤާއިމުކުރުން.
  • ޑިޖިޓަލް ކަރަންސީ ބޭނުންކުރެވޭނޭ ފުރުޞަތު ހުޅުވާލުން.
  1. ޤައުމީސަލާމަތާއި، ދިފާޢީބާރު
  • ރާއްޖޭގެ ކަނޑާއި އެއްގަމުގެ ސަރަޙައްދު ވައިގެ މަގުން ބަލަހައްޓާ އިމޭޖެންސީ ޙާލަތްތަކުގައި ވައިގެ ޚިދުމަތް ދެވޭނޭ މިންވަރުގެ ވައިގެ އަސްކަރީ ޤާބިލްކަން ދިވެހި އަސްކަރިއްޔާގައި ޤާއިމް ކުރުން
  1. ފަތުރުވެރިކަން
  • ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ދިވެހީންނަށް ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ ސްކީމެއް ތަޢާރަފުކުރުން.
  • ފަތުރުވެރިކަމުގެ ޕްރޮޑަކްޓްސް އިތުރު ކުރުމަށް ޑައިވިންގ، ހެލްތް ޓޫރިޒަމް، އިސްލާމިކް ޓޫރިޒަމް، އެޑިއުކޭޝަނަލް ޓޫރިޒަމް، ބޯޓިންގ ޓޫރިޒަމް އަދި ލޯކަލް ޓޫރިޒަމް ފުޅާ ކުރުން.
  1. ކަރަޕްޝަން
  •  ދައުލަތުން ވައްކަންކޮށް، ކަރަޕްޝަން ހިންގުމަށް ސަރުކާރަކުން ޖާގައެއް ނުދިނުން.

މި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ކައުންސިލު މެންބަރުންނާުއި، ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންނާއި، އާންމުން ވަނީ ބައިވެރިވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު