ކެތްތެރިކަމާއި އިޚުލާޞްތެރިކަމާއެކު ކުރެވޭ މަސައްކަތްތަކުން ނަތީޖާ ނިކުންނާނެ ކަމަށާއި އިލްމާއި ތަރުބިޔަތުގެ ދާއިރާއަކީ އެންމެ މާތް ދާއިރާކަމުގައި ބަޔާކުރައްވައި ކޮއްކޮމެން ޕްރީ ސްކޫލްގެ ޓީޗަރުންނަށް ސްކޫލްގެ ޗެއާމަން، އައިއޯސީސީގެ ރައީސް ޑރ. ޝަހީމް ހިއްވަރު ދެއްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ކޮއްކޮމެން ޕްރީ ސްކޫލްގައި ރޭ ބޭއްވި އިވެންޓެއްގައެވެ.
އަދި ކޮއްކޮމެން ޕްރީ ސްކޫލްގެ ސްޓާފުން ސްކޫލް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރަން. އަދި އެކި އެވޯޑް ޙާޞިލްކުރި މުދައްރިސުންނާއި މުވައްޒަފުންނަށް މަރުޙަބާ ދަންނަވަން. ސްކޫލަށް އެކި ގޮތްގޮތުން އެހީތެރިކަން ދެއްވާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް، ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
ކޮއްކޮމެން ޕްރީ ސްކޫލްގެ @KokkomenSchool ސްޓާފުން ސްކޫލް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރަން. އަދި އެކި އެވޯޑް ޙާޞިލްކުރި މުދައްރިސުންނާއި މުވައްޒަފުންނަށް މަރުޙަބާ ދަންނަވަން. ސްކޫލަށް އެކި ގޮތްގޮތުން އެހީތެރިކަން ދެއްވާ ފަރާތްތަކަށް ޝުކުރު ދަންނަވަން. pic.twitter.com/kub3FUsAzJ
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 15, 2023
ކޮއްކޮމެން ޕްރީ ސްކޫލަކީ، ޒަމާނީ ތައުލީމާއި، ރިވެތި އަހުލާގާއި ތަރުބިޔަތު ފޯރުކޮށްދިނުމަށް، ޑރ. ޝަހީމް މާލޭގައި ހިންގަވަމުންދާ ޕްރީ ސްކޫލެކެވެ.
އެ ޕްރީސްކޫލްގެ އަމާޒަކީ ބެލެނިވެރިންނަށް ފަސޭހަވާނެ ގޮތަށް، އިތުރު ޓިއުޝަނަށް ނުފޮނުވައި ސްކޫލުން ފިލި ވެސް ދަސްކުރެވޭ ވަރަށް އެހީތެރިވުން ކަމަށެވެ. އަދި އިލްމު އިންސްޓިއުޓްގައި ކުރިއަށް ގެންދެވޭ ގުރުއާނާ އަރަބި ބަހާ ގުޅޭ އެންމެހާ ޕްރޮގްރާމެއްގައި ސްކޫލްގެ ދަރިވަރުންނަށް ހިލޭ ބައިވެރިވެވޭނެ ކަމަށް، މީގެ ކުރިން ޑރ. ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ސްކޫލުން ކޮންމެ އަހަރަކުވެސް ޔަތީމް ކުދިންނާއި އެކަނިވެރި މައިންގެ ކުދިންނަށް ހިލޭ ކިޔެވޭނެ ހާއްސަ ޖާގަ ހަމަޖައްސާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
އެ ސްކޫލުގެ ސިޔާސަތަކީ ކޮންމެ ކްލާސް ރޫމެއްގައި 15 ކުދިންނަށް ވުރެ އިތުރު ނުކުރުމެވެ. އަދި އެ ސްކޫލުގައި ފެންވަރު ރަނގަޅު އޯގާތެރި، ތަޖުރިބާހުރި ޓީޗަރުން ތިބޭނެ ކަމަށާ ރާއްޖެއިން ބޭރުގެ ޕްރީ ސްކޫލްތަކުން މުވައްޒަފުން އިތުރަށް ތަމްރީނު ކުރެވިގެންދިއުމެވެ.