18 ޖަނަވަރީ 2025

ފޯމުތަކުގެ ސައްޚަކަން ކަށަވަރުވެ، ހުއްދަ ނުދީ ހިފެހެއްޓުން ޤާނޫނުގެ މަގުސަދާއި ޚިލާފް: އުޝާމް

ފޯމުތަކުގެ ސައްޚަކަން ކަށަވަރުވެ، ހުއްދަ ނުދީ ހިފެހެއްޓުން ޤާނޫނުގެ މަގުސަދާއި ޚިލާފް ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ވެރިކަންްކުރާ އެމްޑީޕީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކަށް ފަހު އެޕާޓީގެ ކުރީ ސަފުގައި އުޅުއްވި ބޭފުޅުންްތަކެއް އިސްވެ އުފައްދާ "ދަ ޑިމޮކްރެޓްސް" ރެޖިސްޓްރީ ކުރުން ތިން މަހަށް ދަންމާލަން އިލެކްޝަންސް ކޮމިޝަނުގެ ދެ މެމްބަރުން ބޭނުންވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވުމާއި، ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓުގައެވެ.

އުޝާމް ވިދާޅުވީ ޤާނޫނުގައި 3 މަހަކީ ފޯމުތަކުގެ ސައްޚަކަން ކަށަވަރު ކުރުމަށް އިލެކްޝަނަށް ލިބޭ އެންމެ ދިގު މުއްދަތުކަމަށެވެ. އޭގެ މާނައަކީ ފޯމުތަކުގެ ސައްޚަކަން ކަށަވަރުވުމުންވެސް ހުއްދަ ނުދީ ހިފެހެއްޓުން ނޫންކަމަށެވެ. އެގޮތަށް އެކަން ކުރުމަކީ ޤާނޫނުގެ ރޫޚާއިވެސް ޚިލާފް ކަމެއްކަމަށް އުޝާމް ވިދާޅުވިއެވެ.

3 މަސް ދުވަހަކީ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރަން އިލެކްޝަނަށް ލިބޭ އެންމެ ދިގު މުއްދަތު. ގާނޫނުގަ ބަޔާންކުރާ މިންވަރަށް ފޯމުތަކުގެ ސައްހަކަން ކަށަވަރުވުމުންވެސް ހުއްދަ ނުދީ ހިފެހެއްޓުމަކީ ކަނޑައެޅިގެން ގާނޫނުގެ މަގްސަދާ ހިލާފްކަމެއް.

– އުޝާމް ވިދާޅުވިއެވެ.

ފުއާދު ވަނީ މިރޭ ބޭއްވި ބައްދަލުވުމުގައި އެ ޕާޓީ ރެޖިސްޓްރީ ކުރަން ފާސްނުވާކަން އަންގާފަ އެވެ. ހަތަރު މެމްބަރުން ބައިވެރިވިއިރު ރެޖިސްޓްރީ ކުރުމާ އެއްކޮށް ދެ މެމްބަރުން އަދި ދެ ކޮޅަށް ދެ މެމްބަރުން ވޯޓު ދިނެވެ. އެހެންކަމުން, ގާނޫނީ ގޮތުން ރެޖިސްޓްރީ ކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް ފުއާދު ވިދާޅުވިއެވެ.

"އެ ބޭފުޅުން ބޭނުންވާ ކަންތައްތަކެއްކޮށް ނުނިމޭ ކަމަށްވަނީ. އޭގެ އިތުރަށް އެބޭފުޅުން ތުހުމަތު ކުރައްވަނީ އަޅުގަނޑު މަސައްކަތް ކުރަނީ ނުފޫޒެއްގެ ދަށުގައި ކަމަށް. އެހެންވީމާ އެބޭފުޅުން ބޭނުންވަނީ ޗެކް ކުރަން ގާނޫނުން ތިން މަސް ލިބޭތީވެ އޭގެ ކުރިން އެބޭފުޅުން ބޭނުންފުޅުނުވާ ކަމަށް،" ފުއާދު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު