17 އޮކްޓޫބަރު 2025

ގިނަ އަދަދަކަށް ކަރުނަގޭސް ޖަހައި އިދިކޮޅު މުޒާހަރާ ރޫޅާލައިފި!

އިދިކޮޅު ކޯލިޝަނުން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާލޭގައި ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން މިރޭ މާލޭގައި ކުރި މުޒާހަރާ ހުއްޓުވުމަށް ގިނަ އަދަދެއްގެ ކަރުގޭސް ޖަހައި ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައިފިއެވެ.

މިރޭގެ މުޒާހަރާގައިވެސް އިދިކޮޅު ލީޑަރޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުންނާއި، އާންމު މެމްބަރުން ވަނީ ބައިވެރިވަފައެވެ. އަނިޔާވި މީހުންގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވެސް ހިމެނެއެވެ.

މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ވަނީ ބައެއް މީހުންގެ މޫނަށް ޕެޕަ ސްޕްރޭ ޖަހާފައެވެ. މިމުޒާހަރާ އޮންނަނީ ހެންވޭރުކޮޅު އާޓްފިޝަލް ބީޗު ސަރަހައްދުގައި ކަމަށްވުމުން އެސަރަހައްދުގައި ހުންނަ ދަ ޑިމޮކްރެޓްސްގެ ބައިވެރިންވެސް އިދިކޮޅު މުޒާހަރާއާއި ގުޅިގެން ދަނީ މުޒާހަރާގެ ކަންކަން އިތުރަށް ފުޅާކުރަމުންނެވެ.

މިމުޒާހަރާގައި ނޫސްވެރިންނަށްވެސް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުގައި ފުލުނުން ވަރަށް ގިނައަދަދަކަށް ކަރުނަ ގޭސް ބޭނުން ކުރާތަން ފެނެއެވެ. ފަހަކަށް އައިސް ފުލުހުން ނޫސްވެރިންނަށް ހުރަސް އެޅުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މުޒާހަރާގެ ބައިވެރިންގެ އަދު އެއްރެއަށް ވުރެ އަނެއްރޭ ގިނަވެ، އިދިކޮޅު ޑިމޮކްރެޓްސް އިންވެސް ދަނީ މިމުޒާހަރާތަކާއި ގުޅެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު