ރ. ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލްކޮށްފައި އޮތް ޝަރީއަތްވެސް ކެންސަލްކޮށްފިއެވެ.
މި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާއެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުގައި މިއަދުގެ ހެނދުނު 9:00 އަށް ތާވަލްކުރި އަޑުއެހުންވެސް ކެންސަލް ކުރީ ދައުވާ ލިބޭ ބޭފުޅުންގެ ތެރޭގައި ހިމެނޭ އަހްމަދު ކްރިކް ރިޒާ ބަލިވެ އުޅޭތީއެވެ. މި މައްސަލައިގައި އިއްޔެ ތާވަލުކުރި ޝަރީއަތްވެސް ކެންސަލްކުރީ އަހްމަދު ކްރިކް ރިޒާ ބަލިވެ އުޅޭތީއެވެ.
ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކާ ގުޅިގެން ކްރިކް ރިޒާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއެވެ. ފުއްގިރި މައްސަލައިގައި ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް މަނީ ލޯންޑަރިންގެ ކުށުގެ ދައުވ އެވެ.