ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވެފައިވަނީ، އެކްސިޑެންޓްވެގެން އެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އުމުރުން 65 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގައެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައި ވާކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.
އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ 2 ވަނަ ފޭސްއަށް އެރުމަށް ހަދާފައިވާ ބުރިޖް ކައިރިންނެވެ.
މި އެކްސިޑެންޓާއި ގުޅޭގޮތުން އަދި ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.