ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބި ޖޭޕީގެ ބައެއް މެމްބަރުން އެމްޑީޕީއަށް

ސަރުކާރުގެ އެކި މަޤާމުތައް ފުރުއްވަމުންދާ ޖުމްހޫރީ ޕާޓީގެ މެމްބަރުންތަކެއް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި ގުޅިއްޖެއެވެ.

މީގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ހިމެނެއެވެ. އެމްޑީޕީން މިރޭ ކުރެއްވި ޓުވީޓެއްގައި ޖޭޕީގެ ކުރީގެ ގިނަ މެންބަރުންތަކެއް އެ ޕާޓީ އަށް ސޮއި ކުރައްވާފައިވާ ކަމަށެވެ.

އެ ބޭފުޅުންގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ބައިވެރިވެވަޑައިގަތެވެ. ޖުމްހޫރީ ޕާޓީން ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ކޯލިޝަން ނުހަދައި ވަކިން ވާދަ ކުރަން ނިންމައިފައެވެ.

މި ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގެންނެވިއިރު މިއަދަކީ އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވި ދުވަހެވެ. ހިޔާލު ތަފާތުވުންތައް ގިނަވެ ނަޝީދު ގެންދަވަނީ އާ ސިޔާސީ ހަރަކާތެއް ލީޑު ކުރައްވަމުންނެވެ.

އެމްޑީޕީގެ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ރައީސް ނަޝީދު ވަނީ އެ ޕާޓީގެ ޗެއަރޕަސަންގެ މަޤާމުވެސް އަދާކުރައްވައިފައެވެ. އަދި ގިނަ ޕާޓީތަކެއް ވާދަކޮށްގެން ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޙާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވީ އެމަނިކުފާނު ރިޔާސީ ކެނޑިޑޭޓަކަށް ހުންނަވައިގެނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު