7 ފެބުރުވަރީ 2025

ކޯޓުގެ ނިންމުމާއެކު ރައީސް ގޮވާލެއްވީ ޤަތުލްޢާންމު ހުއްޓާލުމަށް

ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމާއި ޙަމަލާބަދަލުކުރުން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ދިވެހިރާއްޖެއިން ޤަބޫލުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުތައް ހުއްޓާލުމަށް އިސްރާއީލުގެ މައްޗަށް އ.ދގެ އެންމެ މަތީ ކޯޓު، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)ން ކުރި އަމުރަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯޓުގެ ނިންމުމާ އެއްގޮތަށް މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ކަމަށާއި، ފަަލަސްތީނުގެ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކޮށް، ޙިމާޔަތްކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ބޮންއެޅުމާއި، ބިންތައް ފޭރުމާއި، ހަނގުރާމައިގެ މައިދާނެއްގައި އަމާންކަމާއި ސުލްޙަ މަސަލަސްކަން ޤާއިމު ނުކުރެވޭނެކަން ފާހަގަކުރައްވަމުން، 1967 ގެ ކުރިން އޮތް ގޮތަށް ފަލަސްތީނުން މިނިވަން ދަޢުލަތް ޤާއިމުކުރެއްވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގެ މައްސަލަ އައި.ސީ.ޖޭއަށް ހުށަހަޅާފައިވަނީ ދެކުނު އެފްރިކާއިންނެވެ.

މި މައްސަލައިގައި ކޯޓުގެ ހުކުމް އިއްވާފައިވާއިރު، ދެކުނު އެފްރިކާއިން އެދިފައިވާ ގޮތަށް، ޔަހޫދީންގެ ލާއިންސާނީ ޢުދުވާނަށް ނިމުމެއް ގެނައުމަށް ކޯޓުން އަމުރު ކޮށްފައެއް ނުވެއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 26،000 ފަހަނަ އަޅާފައެވެ.

ގުޅުންހުރި:

ޣައްޒާ: ނަސްލު ނައްތާލުމުގެ އަމަލުތައް ވަގުތުން ހުއްޓާލަން އައިސީޖޭ އިން އިޒްރޭލަށް އަމުރުކޮށްފި

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު