ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ޖަރުމަނަށް ވަޑައިގެންފި

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނުވިލާތަށް ވަޑައިގެންފިއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވި ގޮތުގައި ވަޒީރު ޒަމީރު ޖަރުމަނުގެ މިއުނިކަށް ބުރާސްފަތިދުވަހު ވަޑައިގެންނެވި މި ދަތުރުފުޅަކީ 60 ވަނަ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް މިކޮންފަރެންސްގައި އެކި ޤައުމުތަކުގެ ލީޑަރުންނާއި ސީނިއަރ އޮފިސަރުންނާއެކު ޒަމީރު ޕެނަލް ޑިސްކަޝަނެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޕެނަލްގެ މައުޟޫއަކީ "ފްރޮމް ޕޮކެޓް ޓު ޕްލެނެޓް: ސްކޭލިންގ އަޕް ކްލައިމެޓް ފައިނޭންސް" އެވެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސަކީ ބައިނަލްއަޤްވާމީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސް އޮފިޝަލުންގެ އިތުރުން އެކި ދާއިރާތަކުގެ މާހިރުން ބައިވެރިވާގޮތަށް އަހަރަކު އެއްފަހަރު ބާއްވާ ކޮންފަރެންސެކެވެ.

މިކޮންފަރެންސްގެ ހަވާސާގެ ތެރެއިން އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ އިތުރުން އެހެނިހެން އިސް ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ