ރާއްޖެއާއި ލަންކާގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއާއި ސްރީލަންކާ ދެމެދުގެ ގުޅުން އިތުރުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރ، މުހައްމަދު ސައީދުގެ އަރިހަށް ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އާދަމް މަޒްރަވީ ޖައުފަރު ސޯދިގު ކުރެއްވި ޒިޔާރާތެއްގެ ތެރެއިންނެވެ.

އިކޮނޮމިކް މިނިސްޓްރީއިން ވިދާޅުވާ ގޮތުގައި، ރާއްޖެ-ލަންކާ ގުޅުން ބަދަހި ކުރުމަށް މިނިސްޓަރު ސައީދުގެ އަރިހަށް ލަންކާގެ ސަފީރު ޒިޔާރަތް ކުރައްވާފައިވާ ކަމަށެެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންކަމުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފާއިދުވެދިޔަ އަހަރުގައި ލަންކާގެ އިގްތިޞާދަށް ވަރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާއިރު، ސްރީލަންކާއާއި ރާއްޖެއަކީ ދުވަސްވީ އެކުވެރި ދެ ގައުމެވެ. އެ ގައުމަކީ ރާއްޖެއާއި އެންމެ ކައިރީގައި އޮންނަ ގައުމު ވެސްމެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ