26 އޮކްޓޫބަރު 2025
ބެންގަލޫރުގައި ދިރިއުޅުއްވާ ބައެއް ދިވެހިންނާ ސަފީރު ބައްދަލުކުރައްވައިފި، ފޮޓޯ: ފޮރިން މިނިސްޓްރީ

ބެންގަލޫރުގައި ދިރިއުޅުއްވާ ބައެއް ދިވެހިންނާ ސަފީރު ބައްދަލުކުރައްވައިފި

އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅުއްވާ ދިވެހިންގެ ތެރެއިން ބައެއް ރައްޔިތުންނާ ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބު ބައްދަލުކުރައްވައިފިއެވެ.

ބެންގަލޫރުގައި ހުންނަ ކޮންރެޑް ހޮޓެލްގައި 4 ސެޕްޓެމްބަރ 2024، ގައި ސަފީރު ދިވެހިންނާ ބައްދަލުކުރައްވާފައިވަނީ ކޮންސިއުލަރ ކަންކަމުގައި ދިވެހިން އާންމުކޮން، ހިދުމަތް ހޯދުމަށް ދާންޖެހޭ ބެންގަލޫރުގެ ސަރުކާރުގެ އިދާރާތަކާއި އަދި އެހެނިހެން ކަންކަމުގައި މުއާމަލާތް ކުރަން ޖެހޭ މުއައްސަސާތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށްޓަކައި ބެންގަލޫރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މިގޮތުން މި ބައްދަލުވުގެ ބައިވެރިން ވަނީ ބެންގަލޫރުގައި ދިރިއުޅުއްވާ ދިވެހިންނާއި އެ ސިޓީއަށް އެކި ކަންކަމުގައި ޒިޔާރަތްކުރައްވާ ދިވެހިންނަށް ކުރިމަތިވާ ބައެއް ދަތިތަކުގެ ވާހަކަ އާއި އެ ކަންކަން ހައްލުކުރެއްވުމަށް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ލަފާ އާގުޅޭގޮތުން ސަފީރާ މަޝްވަރާ ކުރައްވާފައެވެ.

އަދި ކުރިއަށް އޮތް ތަނުގައި ބެންގަލޫރާއި މައިސޫރުގައި ދިރިއުޅުއްވާ ދިވެހިންނާ ދިއްލީގައި ހުންނަ ހައިކޮމިޝަން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވަނީ ބެންގަލޫރުގައި ދިރިއުޅުއްވާ ދިވެހިންނަށް ދިމާވާ ދަތިތައް ހައްލުކުރެއްވުމަށްޓަކައި މަސައްކަތް ކުރައްވާނެކަން ހާމަކުރައްވާފައެވެ. މިގޮތުން މިދަތުރުފުޅަކީވެސް އެ މަޤްސަދުގައި ކުރައްވަމުން ގެންދަވާ ދަތުރުފުޅެއް ކަމުގައި ވިދާޅުވިއެވެ.

ހަމައެއާއެކު އިންޑިއާގައި ދިރިއުޅުއްވާ ބޭފުޅުއްނާއި އެކި ކަންކަމުގައި އިންޑިއާއަށް ޒިޔާރަތް ކުރައްވާ ދިވެހިން ހައިކޮމިޝަންގައި ރަޖިސްޓަރ ވެވެޑައިގެންނެވުމުގެ މުހިންމުކަން ސަފީރު ފާހަގަ ކުރެއްވިއެވެ. އަދި ހައިކޮމިޝަންގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރ ވެވަޑައިގެންނެވޭނެ ކަމުގައި ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު