ކެލިފޯނިޔާގައި ކެމިކަލް ލީކުވި ކުންފުންޏަކީ އިސްރާއީލުގެ ޖެޓުތަކަށް ބައިތައް އުފައްދާ ކުންފުންޏެއް

އެމެރިކާގެ ކެލިފޯނިޔާގެ ގާޑެން ގްރޯވްގައި ހުންނަ ޖީކޭއެން އެއޮރޯސްޕޭސްގެ މަރުކަޒެއްގައި ކެމިކަލް ޓޭންކެއް ފަޅައިގެން ގޮސް، 50،000 މީހުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރަން ޖެހިއްޖެއެވެ.

މި ހާދިސާއާ ގުޅުންހުރި ޖީކޭއެން ކުންފުންޏަކީ އިސްރާއީލުން ޣައްޒާއަށް ޙަމަލާ ދިނުމަށް ބޭނުންކުރާ އެފް-35 މަރުކާގެ އަސްކަރީ ޖެޓުތަކުގެ ކޮކްޕިޓް ކެނޮޕީ އުފައްދާ މައި މަރުކަޒެވެ. މި ކެނޮޕީ އުފެއްދުމަށް ބޭނުންކުރާ، ފަސޭހައިން ހުޅުހިފާ ކެމިކަލްއެއް ކަމަށްވާ މީތައިލް މެތަކްރައިލޭޓް ލީކުވުމުގެ ސަބަބުން އެ ސަރަޙައްދުގެ މަދަރުސާތައް ބަންދުކޮށް، އާންމުންގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.

މަސްދަރުތަކުން ބުނާގޮތުގައި، ދިފާޢީ ބޮޑު ކުންފުނި ލޮކްހީޑް މާޓިންއިން ވަނީ އެފް-35 ޖެޓުގެ ބައިތައް އުފެއްދުމަށް ޖީކޭއެންއާ 255 މިލިޔަން ޑޮލަރުގެ ސަބްކޮންޓްރެކްޓެއް ޙަވާލުކޮށްފައެވެ. شارަޙްލާވެރިން ފާހަގަކުރާ ގޮތުގައި މި ޕްލާންޓުން އުފައްދާ ބައިތައް އިސްރާއީލަށް އެކްސްޕޯޓު ކުރުން ވަރަށް ގާތެވެ. މިއީ ޣައްޒާގެ ކުށެއްނެތް އާންމުން ޝަހީދުކޮށް، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ބޭނުންކުރާ ޖެޓުތަކެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ