އީރާނުގެ ކުރީގެ ރޫޙީ ވެރިޔާ އާޔަތުالله ޢަލީ ޚާމަނާއީގެ މަރަށް ބަދަލުހިފާނެ ކަމަށް އެ ޤައުމުގެ އައު ރޫޙީ ވެރިޔާ އަދި ޢަލީ ޚާމަނާއީގެ ދަރިކަލުން، އާޔަތުالله މުޖުޠަބާ ޚާމަނާއީ ވިދާޅުވުން، ފޮޓޯ: ރޮއިޓަރސް

ބައްޕާފުޅު އަވަހާރަކޮށްލުމުގެ ބަދަލުހިފާނެ ކަމަށް މުޖުޠަބާ ޚާމަނާއީ ވިދާޅުވެއްޖެ

އީރާނުގެ ކުރީގެ ރޫހީ ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީގެ މަރަށް ބަދަލުހިފާނެ ކަމަށް އެ ގައުމުގެ އައު ރޫހީ ވެރިޔާ އަދި ޢަލީ ޚާމަނާއީގެ ދަރިކަލުން، އާޔަތުﷲ މުޖުޠަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ. ބައްޕާފުޅުގެ ޖަނާޒާގެ ހަފްލާތަކާ ދިމާކޮށް ދައުލަތުގެ ޓީވީ މެދުވެރިކޮށް ނެރުއްވި ފުރަތަމަ ބަޔާނުގައި މުޖުޠަބާ ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދިން ހަމަލާތަކުގައި ޝަހީދުވި އީރާނުގެ ރައްޔިތުންނާއި އޭނާގެ ބައްޕާފުޅުގެ ލޭގެ ބަދަލު ހިފުމަކީ މުޅި ގައުމުގެ ގޮވައިލުމެއް ކަމަށެވެ.

ފެބްރުއަރީ 28 ގައި ދިން އެ ހަމަލާގައި ޢަލީ ޚާމަނާއީ އަވަހާރަވިއިރު، މުޖުޠަބާ ޚާމަނާއީއަށް ވެސް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މާރިޗު 8 ގައި ރޫހީ ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން އޭނާ އަދި އާންމުންގެ ކުރިމައްޗަށް ނުކުމެވަޑައިގެންފައެއް ނުވެއެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އެމެރިކާއިން އީރާނަށް އަލުން ހަމަލާދޭން ފަށާފައިވާ މި ދަނޑިވަޅުގައި، އައު ރޫހީ ވެރިޔާގެ ސިއްހީ އަދި ސަލާމަތީ ހާލަތާ މެދު ގައުމުގެ ތެރޭގައި ވަނީ ކަންބޮޑުވުންތައް އިތުރުވެފައެވެ. އަދި މިފަދަ ހާލަތެއްގައި ރައްޔިތުންނަށް އޭނާ ފެނުން މުހިންމު ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ